ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަނޑިޔާރު އަލީ ރަޝީދު މަގާމުން ވަކިކުރަން އަދުރޭ ގޮވާލައިފި

ގާޒީ އަލީ ރަޝީދު: ފޮޓޯ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކްރިމިނަލް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޙުކުމް ކުރި ފަނޑިޔާރު ޢަލީ ރަޝީދު މަގާމުން ވަކިކުރަން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގޮވާލައިފި އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީލޯންޑާ ކުރިކަމުގެ ކުށް ސާބިތު ނުވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ.

މިކަމާ ގުޅިގެން އަދުރޭ ވިދާޅުވީ ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް ޙުކުމް ކުރި ފަނޑިޔާރު ޢަލީ ރަޝީދު މިހާރުން މިހާރަށް ވަކި ކުރަންޖެހޭ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރި މަނީލޯންޑާ ކުރުމުގެ ދައުވާ ސާބިތު ވެ، ކުރިމިނަލް ކޯޓުން ކުރި ހުކުމް ދަމަހައްޓަން ހައިކޯޓުން ތާއީދު ކުރި މައްސަލަ ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތީ އޭޕްރީލް މަހުގެ 19 ގައެެވެ.

ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައި ފަނޑިޔާރު މަހާޒުގެ ރައުޔު އިއްވަމުން ވިދާޅުވީ، މި މައްސަލައިގައި ތަހުގީގު މަރުހަލާގައި ދީފައިވާ ގާނޫނީ އިންޒާރުގައި މަނީލޯންޑްރިންގެ ތުހުމަތުކުރެވޭ ކަމަށް ބުނެފައިނުވާކަމަށް ޔާމީންގެ ފަރާތުން ބުނިނަމަވެސް، ވަކީލުންގެ ހާޒިރުގައި ސޮއިކޮށްފައިވާބަޔާނުގައި މަނީލޯންޑްރިންގެ ކުށުގެ ވާހަކަ ބަޔާންކޮށްފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: