ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުޑިޝަރީ ދާއިރާ އިސްލާހުވެ، ޖޭއެސްސީއިން އަންނަނީ ހަރުދަނާ މަސައްކަތްތަކެއް ކުރަމުން: ރައީސް ނަޝީދު

އާސްކް ސްޕީކަރ ޕްރޮގްރާމްގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑިޝަރީ ދާއިރާ އަންނަނީ އިސްލާހުވަމުން ކަމަށާއި ޖޭއެސްސީއިން އަންނަނީ ހަރުދަނާ މަސައްކަތްތަކެއް ކުރަމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ އާސްކް ސްޕީކަރ ޕްރޮގްރާމްގައި ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރައްވާނީ ކޮން އިރަކުންތޯ ވަނީ ސުވާލުކުރައްވާފައެވެ. ސުވާލުގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ޖުޑިޝަރީ ދާއިރާ އިސްލާހުކުރުމަކީ އެންމެ ބޮޑަށް މަސައްކަތްކުރެވޭ އެއްކަންތައް ކަމަށެވެ. އަދި އެމަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންކަމަށް ރައީސް ނަޝިދު ވިދާޅުވިއެވެ.

“ޝަރީއަތް އިސްލާހުވެފައި ހުރި މިންވަރުގެ ވާހަކަ ވާދަވެރިންވެސް އެބަ ދައްކަވާ. ސުޕްރީމް ކޯޓުން މިއަދު ނިންމެވި ނިންމެވުމާއިއެކުވެސް އެވާހަކަތައް އެބަދެކެވޭ. ކޯޓުތައް އިސްލާހުވަމުން އަންނަކަން ގިނަބަޔަކު އެބަފާހަގަކުރޭ” ރައީސް ނަޝީދު

ރައީސް ނަޝިދު ވިދާޅުވީ ޖޭއެސްސީއިންވެސް ހަރުދަނާ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އަދި ގާނޫނު އަސާސީއަށް ގެންނަ ބަދަލުތައް އެއްފަހަރާ ގެނައުމަކީ ބޭނުންތެރިކަމެއް ކަމަށާއި މީގެ ތެރޭގައި މުހިންމު ބަދަލުތަކެއް ގެންނަންޖެހޭ ދާއިރާތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ. ވަރަށް ގިނަ ބަޔަކު ޖޭއެސްސީ ބަދަލުކުރުމަށް ބޭނުންވާ ކަމަށާއި އެއީ ރިޔާސީ ވައުދެއްކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމަށާއި މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލުކުރުމާއި ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށްވެސް ގިނަބަޔަކު ބޭނުންވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިހާރު އަމަލުކުރަމުންމިދާ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށުމާއި ހިސާބުންވެސް ފަނޑިޔާރުގެތައް ރަނގަޅަށް ހިންގޭނެ ގޮތެއް ހޯދުމާއި މިނިވަންކަމާއެކު ކޯޓުތައް ހިންގޭނެ ގޮތެއް ހޯދުމަށް މަސައްކަތް ފެށިކަމަށް ވިދާޅުވިއެވެ. އަދި އާންމު ހާލަތު ރަނގަޅުކުރުމަށް އިންސާފުވެރި ޝަރީއަތުގެ ނިޒާމެއް އޮތުމަކީ މުހިންމު ކަމެއްކަމަށް ހިތުގެ އަޑިން ގަބޫލުކުރެވޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އުފާވެރި ދިރިއުޅެއް އުޅުމަށާއި އަސާސީ ކަންކަން ވުމަށާއި ތަނަވަސްކަން ލިބުމަށް އިންސާފުވެރި ޝަރުއީ ނިޒާމެއް އޮތުމަކީ މުހިންމުކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: