ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން ފިއްލަވާކަށް ނޫޅުއްވާ، ހުންނަވާނީ ރައްޔިތުންނާއެކު: އާދަމް ޝަރީފް

ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފިއްލަވަން ނޫޅުއްވާ ކަމަށާއި އެމަނިކުފާނު ހުންނަވާނީ ރައްޔިތުންނާއެކު ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ކުރީގެ ރައީސް ޔާމީން ރާއްޖޭން ބޭރަށް ފުރުން މަނާކުރުމުގެ އަމުރެއް ކުރިމިނަލް ކޯޓުން ދެންމެ ނެރުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ ޔާމީން ފިއްލާވަކަށް ނޫޅުއްވާނެ ކަމަށާއި ޖަލަށްލުމުން ވެސް ހުންނެވީ ރާއްޖޭގައި ކަމަށެވެ. އަދި ދެންވެސް ހުންނަވާނީ ރައްޔިތުންނާއެކު ކަމަށާއި ދައުލަތުގެ މުއައްސަސާތަކުން މުސްތަގިއްލު ކަމާއެކު ވާޖިބު އަދާކޮށް، އަދާލަތާއި ހަމަޖެހުން ދެމެހެއްޓުމަށް މަސައްކަތް ކުރެއްވުމަށް އާދަމް ޝަރީފް ވަނީ ގޮވާލާފަ އެވެ.

ފުލުހުން ބުނީ ޝަރީއަތުގައި ހުރި މައްސަލަތަކަކާ ގުޅިގެން ފުލުހުން އެދިގެން ރައީސް ޔާމީން ފުރުން މަނާކުރުމުގެ އަމުރެއް ކުރިމިނަލް ކޯޓުން ނެރެދީފައިވާ ކަމަށެވެ. ފުރުން މަނާކޮށް އަމުރެއް ނެރެފައިވަނީ ހަތް ދުވަހުގެ މުއްދަތަށެވެ.

ރައީސް ޔާމީން ފުރުން މަނާކުރަން އަމުރަކަށް ފުލުހުން ކުރިމިނަލް ކޯޓުގައި އެދުނީ ގއ. ވޮޑަމުއްލާ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް ސްޕްރީމް ކޯޓުން މިއަދު ބާތިލްކުރުމާއެކު އެމަނިކުފާނު މިނިވަންކުރުމާއެކުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: