ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖެންޑާއިން ވަކިކުރި މުވައްޒަފުންނަށް ޕީޕީއެމުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދެނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ޖެންޑާ މިނިސްޓްރީގައި މަސައްކަތް ކުރާ ސިވިލް ސާވިސްގެ 21 މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ނޯޓިސް ދިނުމާއި ގުޅިގެން އެ މުވައްޒިފުންނަށް ބޭނުންވާ ގާނޫނީ އެހީތެރިކަން ދިނުމަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން ނިންމައިފި އެވެ.

ވަޒީފާ އިން ވަކިކުރުމަށް ނޯޓިސް ދީފައިވަނީ ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި މަސައްކަތްކުރާ މުވައްޒަފުން ތަކަކަށެވެ. އެމީހުންނަށް ވަކިކުރުމުގެ ނޯޓިސް ދީފައިވަނީ މިދިޔަ ހަފްތާގައި ޖެންޑާ މިނިސްޓްރީއަށް ގެންދިއުމަށް ފަހުއެވެ.

ޕީޕީއެމުން ބުނީ ޖެންޑާއިން ވަކިކުރަން ނިންމި ބައެއް މުވައްޒިފުންނާއެކު ޕީޕީއެމް އާއި ޕީއެންސީގެ ލީޑަޝިޕާއި އަދި ގާނޫނީ ވަކީލުން ބައްދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ފަރާތްތަކަށް ބޭނުންވާ ގާނޫނީ އެހީތެރިކަން ދިނުމަށް ނިންމާފައިވާ ކަމަށް ޕީޕީއެމުން ބުނެ އެވެ.

ޖެންޑާ މިނިސްޓްރީ ބުނެފައިވާ ގޮތުގައި މިނިސްޓްރީން 21 މުވައްޒަފު ދޫކޮށްލާފައިވަނީ ސިވިލް ސާވީސްގެ އޮނިގަނޑުގެ ތެރެއިން ބަލަންޖެހޭ ބެލުންތައް ބެލުމަށް ފަހު ކަމަށެވެ.،

ވަރަށް ގަދަ
15%ވަރަށް ގަދަ 18%ވަރަށް ގަޔާވޭ 15%ބޮޑު ޖޯކެއް 15%ހައިރާންވެއްޖެ 15%ވަރަށް ދެރަ 21%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: