ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ ވާދަވެރިންގެ މެދުގައި ކުޅެން ގެންގުޅޭ ފަސްގަނޑަކަށް ވެގެން ނުވާނެ: ރައީސް ޔާމީން

ނިލަންދޫގައި އިދިކޮޅުން ކުރިޔަށް ގެންދިޔަ ހަރަކާތުގެ ތެރެއިން/ ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ތިބުމަށް އެއްވެސް ޖަގާއެއް ދީގެން ނުވާނެކަމަށާއި، މިއީ ވާދަވެރިންގެ މެދުގައި ކުޅެން ގެންގުޅޭ ފަސްގަނޑަކަށް ވެގެން ނުވާނެކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް އިދިކޮޅުން ކުރިޔަށް ގެންދާ ހަރަކާތްތައް ވަރުގަދަކޮށް، ޕާޓީގެ ލީޑާޝިޕުން ދަނީ ކޮންމެ ހަފްތާއަކު ވެސް ރާއްޖޭގެ އަތޮޅުތަކަށް ދަތުރު ކުރަމުންނެވެ. އެގޮތުން މިއަދު ފ. ނިލަންދޫއަށް ވަޑައިގެން ރައީސް ޔާމީން ވިދާޅުވީ އިންޑިއާ ސިފައިންނަށް ދެކޮޅަށް އަޑުއުފުލާ ދިވެހީންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އިންޑިއާގެ ނުފޫޒު އޮވެގެން ނުވާނެކަމަށް ބުނެ އަޑުއުފުލަނީ ރާއްޖެ ނޫންކަމަށާއި، މިއަދު އެތައް ގައުމެއް މިގޮތަށް ޝުއޫރު ފަާޅު ކުރަމުންދާ ކަމަށެވެ. ރާއްޖޭގެ ކަނޑަކީ ބައިނަލްއަގުވާމީ ބޮޑެތި ޝިޕިން ލައިނުތައް ދަތުރު ކުރަމުންދާ މަގަށްވާއިރު، މިއީ އެއްވެސް ބައެއްގެ ބެކްޔާޑެއް ނޫންކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ހާއްސަކޮށް މިއީ ވާދަވެރިންގެ މެދުގައި ކުޅެން ގެންގުޅޭ ފަސްގަނޑެއް ނޫންކަމަށް ވެސް ވިދާޅުވި އެވެ.

މިއީ އެއްވެސް ހާލެއްގައި ވަކި ގައުމަކަށް ނުވަތަ ވަކި ބަޔަކަށް ނިސްބަތްވާ ކަނޑެއް ނޫންކަން ފާހަގަކޮށް، ރައީސް ޔާމީން ވިދާޅުވީ މި ސަރަހައްދުގެ ކަނޑަކީ ނުވަތަ އިންޑިއާ ކަނޑަކީ އަރަބި ކަނޑުން ފެށިގެން އިންޑޮނޭޝީއާ އާއި ހަމައަށް ފެތުރިފައިވާ ކަނޑެއް ކަމަށެވެ. އެހެން ކަމުން މިއީ ދިވެހިންގެ ވެސް ކަނޑެއްކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރާއްޖޭގައި ބޭރު ސިފައިން ތިބިކަމަށް ދައްކަމުން ދިޔަ ވާހަކަތައް ދޮގު ކުރުމަށް ފަހު، އޭގެ ފަހުން އިންޑިއާ ސިފައިން ތިބި ނަމަވެސް އެ މީހުން ހަތިޔާރު ނުގެންގުޅޭކަމަށް ބުނެ ދެކެވޭ ވާހަކައިގެ ރައްދަށް ރައީސް ޔާމީން ވިދާޅުވީ އެއްވެސް ސިފައެއްގައި ބޭރުގެ ގައުމަކަށް ނިސްބަތްވާ އަސްކަރިއްޔާއަށް މި ރާއްޖޭގައި ތިބުމުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. ރައީސް ޔާމީން ވަނީ ރާއްޖޭގައި ތިބީ ޓެކްނިކަލް މަސައްކަތެއް ކުރާ ބައެއްކަމަށް ބުނެ ސަރުކާރުން ދައްކަވާފައިވާ ވާހަކަތަކަށް ވެސް ފާޑުވިދާޅުވެފަ އެވެ.

ދިވެހިންނަށް އެހެން މަންޒަރެއް ދެއްކުމަށް ފަހު، އިންޑިއާ ސިފައިން މި ގައުމުގައި ތިބިކަމަށް އެއްބަސްވީ މިކަމުގެ ނުރައްކާތެރިކަން އެނގިތިބެ ކަމަށެވެ. މިއަދު ދިވެހި ރައްޔިތުން ގައުމުގެ މިނިވަންކަމުގެ ދިފާއަށް ދިވެހިން ނިކުމެ ތިބިއިރު، ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ދިވެހި ރައްޔިތުންނާއި ދިވެހި ސިފައިން ފުދޭކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

“ހިންގަވާ ބުނަމާ، ބާރުލާފަ ބުނުއްވާ އިންޑިއާ ސިފައިން ބޭރުވޭ… އިންޑިއާ ސިފައިން ފައިބާ.. މިއީ އަހަރެމެންގެ ގައުމު….” ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ އެހެން ބޭނުމެއްގައިކަން ސާފުވާ ކަމަށެވެ. އިންޑިއާ ސިފައިން ޖެހޭނީ ރާއްޖެއިން ފައިބަންކަމަށާއި، އެ މީހުން މި ގައުމަށް ބޭނުން ނުވާކަމަށް ރައީސް ޔާމީން ތަކުރާރުކޮށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: