ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރަށް ފޮނުވި ސާމްޕަލް އާއި ގާޒީ ފާއިޒްގެ އަޑާއި ދިމާ ނުވޭ، ސަސްޕެންޝަން އުވާލައިފި

ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތަށް ނުފޫޒުތަކެއް ފޯރުވިކަމަށް ދޭހަވާ މޭރުމަކުން ވާހަކާ އަޑު އިވޭ ލީކުވި އޯޑިއޯތަކުގެ މައްސަލައިގައި ސަސްޕެންޑު ކުރި ގާޒީ އަލްއުސްތާޒު ހުސައިން ފާއިޒު ރަޝާދުގެ ސަސްޕެންޝަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އުވާލައިފި އެވެ.

ވެރިކަމުގައި ހުންނަވައިގެން މަނީ ލޯންޑާރ ކުރެއްވިކަމުގެ ކުށުގައި ދަށު ކޯޓުގައި މައްސަލަ ބެއްލެވި ބެންޗުގައި ފަސް ގާޒީން ހިމެނެ އެވެ. އޭގެ ތެރެއިން ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޒީ ފާއިޒް އާއި، ގާޒީ މުހައްމަދު ސަމީރު އާއި، ގާޒީ އަލީ އާދަމްގެ އަޑުކަމަށް ބުނާ ތިން އޯޑިއޯއެއް ލީކުވި އެވެ. އެ އޯޑިއޯތަކުގައި ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމަކީ އެއީ ސިޔާސީ ނުފޫޒެެއްކަން ދޭހަވާ މޭރުމަކުން ވާހަކަ ދައްކަ އެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިން ތަކެއް ކަމަށް ބުނެ ދައުރުވި އޯޑިއޯތަކުގެ މައްސަލައިގައި ޖޭއެސްސީން ވެސް ވަނީ އޯޑިއޯ އެނަލިސިސް ރިޕޯޓެއް ހަދާފަ އެވެ. އެ މައްސަލަ ބެލުމަށް ފަހު ނޮވެމްބަރު މަހު ޖޭއެސްސީން ބުނީ ގާޒީ އަލީ އާދަމް އާއި ޑްރަގް ކޯޓުގެ ގާޒީ ސަމީރުގެ އަޑާ އެ އޯޑިއޯތަކުގައި ވާހަކަދައްކާފައިވާ މީހާގެ އަޑު ދިމާނުވާ ކަމަށެވެ. އެއީ ދޮގު ތުހުމަތުތަކެއްކަމަށް ވާތީ އެ ބޭފުޅުންގެ މައްސަލައެއް ނެތްކަމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ފޮރެންސިކް ތަހުލީލަށް ފޮނުވި ތިން އޯޑިއޯއަކީ ވެސް ޓެމްޕާކޮށް ރެކޯޑިންގައިވާ ވަކި ބައެއް ޑިލީޓްކޮށް ނުވަތަ ވަކި ވަކި ކްލިޕްތަކަކުން ގުޅުވައިފައިވާ އޯޑިއޯތަކެއްކަން ފޮރެންސިކް އެނާލިސިސްއަށް ފާހަގަ ކުރެވުނުކަމަށް ބުނެ ޖޭއެސްސީން ވަނީ ގާޒީ ފާއިޒްގެ އަޑު ދިމާވާތީ އެ މައްސަލަ ބެލުމަށް ނިންމާފަ އެވެ. އެ ބަޔާނުގައި އޭރު ބުނީ ފާއިޒްގެ އޯޑިއޯކަމަށް ބުނާ އޯޑިއޯ ވެސް ޓެމްޕަރ ކޮށްފައިވާ ކަމަށެވެ.

ގާޒީންގެ ލީކުވި އޯޑިއޯ: ދިމާވަނީ ފާއިޒުގެ އަޑު އެކަނި!

އޭގެ ފަހުން ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މެލޭޝިއާގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް އެންޑް މަލްޓިމީޑިއާގެ ޑިޖިޓަލް ފޮރެންސިކް ޑިޕާޓްމަންޓްއިން ތައްޔާރު ކުރި ޑިޖިޓަލް ފޮރެންސިކް ކޭސް ރިޕޯޓެއް ފުލުހުން އެ ކޮމިޝަނާއި ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެ ރިޕޯޓުގައި ވާގޮތުން ސޯޝަލް މީީޑިއާގައި ދައުރުވި އޯޑިއޯތަކާއި، ފޮރިންސިކް އެނަލިސިސް އާއި ގާޒީ ފާއިޒުގެ އަޑާއި ދިމާ ނުވާ ކަމަށް ބަޔާނުގައި ވެއެވެ.

“މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކަކީ ސައްހަ އޯޑިއތަކެއް ނޫންކަމަށާއި އެފަދަ ވާހަކަތަކެއް ދައްކާފައި ނުވާނެކަމަށް ގާޒީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދު މި މައްސަލައާ ގުޅިގެން މިކޮމިޝަނުގައި ވިދާޅުވެފައި ވާތީއާއި، މޯލްޑިވްސް ޕޮލިސް ސަވިސްގެ ފަރާތުން މެލޭޝިއާގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް އެންޑް މަލްޓިމީޑިއާގެ ޑިޖިޓަލް ފޮރެންސިކް ޑީޕާޓްމަންޓުން ހައްދާފައިވާ ފޮރެންސިކް ރިޕޯޓުގައި ލީކްވި އޯޑިއޯތަކުގައި ވާ އަޑާއި ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދުގެ އަޑާ ދިމާ ނުވާކަމަށް ބަޔާންކޮށްފައި ވާތީ، ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދުގެ ސަސްޕެންޝަން އުވާލުމަށް 2021 ޑިސެންބަރު 26 ވަނަ ދުވަހު ބޭއްވި މި ކޮމިޝަނުގެ 102 ވަނަ ބައްދަލުވުމުގައި ނިންމާފައިވާކަމުގައި ދަންނަވަމެވެ.” ޖޭއެސްސީ

ރައީސް ޔާމިންގެ މައްސަލައަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ބުނެ އިދިކޮޅުން އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން ސަރުކާރު މެމްބަރުން ބުނީ އެއީ އިދިކޮޅުން އަމިއްލައިން އުފައްދާފައިވާ އޯޑިއޯތަކެއް ކަމަށެވެ.

ސިޔާސީ މީހުންގެ މައްސަލަތައް ބެލުމަކީ އެއީ ވަރަށް ފާޑެއްގެ ކަމެއްގެ ގޮތުގައި ސިފަކޮށް ލީކުވި އޯޑިއޯތަކުގައި ވަނީ ރައީސް ޔާމީނަށް ހުކުމް އިއްވީ ގާޒީން ރަހީނުކޮށްގެންކަމަށް ބުނެފަ އެވެ. މީހަކު ރަހީނު ކުރެވޭނެ ވަރަށް ބައިވަރު ގޮތްތައް ހުންނާނެ ކަމަށާއި އެގޮތުން ސީދާ އޭނާ ރަހީނު ނުކުރިއަސް އެ މީހެއްގެ އަނބިމީހާ ނުވަތަ ގާތް މީހަކު ރަހީނުކޮށްގެން އެ އަމަލު ހިންގިދާނެ ކަމަށް އެ ރިކޯޑިންގައި ބުނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: