ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަ ނުކުރަން އެމްޓީޑީ އިން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި މޯލްޑިވްސް ތާޑްވޭ ޑިމޮކްރާޓްސް (އެމްޓީޑީ)އިން ވާދަ ނުކުރުމަށް ނިންމައިފިއެވެ.

ކޮމަންޑޫ ދާއިރާ ރައްޔިތުން މަޖިލީހުގެ ބައި-އިލެކްޝަންގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލުމާ ގުޅުގެން އެމްޓީޑީން މީގެ ކުރިން ބުނެފައިވަނީ ބައި-އިލެކްޝަންގައި ވާދަކުރަން ބޭނުންފުޅުވާ އެޕާޓީގެ މެމްބަރުން އެކަމަށް އެދުމުގެ ފުރުސަތު 27 ވާ ހޯމަ ދުވަހުގެ 17:00 އާއި ހަމަޔަށް ހުޅުވާލެވިފައިވާކަމަށެވެ.

ނަމަވެސް މިއަދު އެ ޕާޓީން ބުނީ މިއަދު ބޭއްވުނު އެމްޓީޑީގެ ކައުންސިލު ބައްދަލުވުމުގައި މިވަގުތު އިންތިހާބެއްގައި ބައިވެރިވުމަށް ނުފެންނަ ކަމަށް ނިންމާފައިވާ ކަމަށެވެ. އަދި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް އެޕާޓީއިން ހުޅުވާލުމުން ކުރިމަތިލެއްވި ހުރިހާ ފަރާތްތަކަށް ވަނީ ޝުކުރު ދަންނަވާފައެވެ.

އެމްޓީޑީއަކީ ކުރީގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އިސްކޮށް ހުންނަވާ އުފައްދަވާފައިވާ ސިޔާސީ ޕާޓީއެކެވެ. އެ ޕާޓީ ރަޖިސްޓްރީ ކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީ، ޕީޕީއެމް އަދި އެމްއެންޕީން ވަނީ އެޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރާނެ ފަރާތްތައް ކަނޑައަޅާފައެވެ. އެގޮތުން އެމްޑީޕީގެ ޓިކެޓުގައި އަހުމަދު ރާޝިދު އިންތިހާބުގައި ވާދަކުރާއިރު، ޕީޕީއެމްގެ ޓިކެޓް ލިބިފައިވަނީ މީގެކުރިން ހޯމް މިނިސްޓްރީގެ ޑެޕިއުޓީގެ މަގާމު އަދާކުރައްވާފައިވާ މޫސާ ފަތުހީއެވެ. އަދި އެމްއެންޕީގެ ފަރާތުން މި އިންތިހާބުގައި ވާދަކުރަނީ އަބްދުލް ހަންނާން އިދުރީސްއެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު، މި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 3:00 އާ ހަމަޔަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: