ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަމުގެ އާ ރިކޯޑެއް: އެއް ދުވަސްތެރޭ 7،098 ފަތުރުވެރިން!

އަހަރު ފެށުނު ފަހުން ރާއްޖެއަށް ރިކޯޑް އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައި / ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެއް ދުވަސްތެރޭ 7000އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރުމާއެކު ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރި ދުވަހަކަށް އިއްޔެ ވެއްޖެއެވެ.

ޓުއަރިޒްމް މިނިސްޓްރީއިން ބުނީ ފަތުރުވެރިކަމުގެ ދާއިރާގައި އާ ރިކޯޑެއް އިއްޔެ ގާއިމްކުރެވިފައިވާ ކަމަށެވެ. އިއްޔެ ރާއްޖެއަށް 7،098 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓުއަރިޒްމް މިނިސްޓްރީއިން ބުނެއެވެ.

މީގެކުރިން އެންމެ ގިނައިން ފަތުރުވެރިން އައި ދުވަހެއްގެ ގޮތުގައި އޮތީ މިމަހުގެ 18 ވަނަ ދުވަހެވެ. 18 ވަނަ ދުވަހު 6،955 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

ބޯޑަރު ހުޅުވާލުމަށްފަހު ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ އަންނަނީ ކުރިއެރުންތަކެއް ހޯދަމުންނެވެ. ބައިނަލްއަގްވާމީ ބޮޑެތި މާކެޓްތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް މިނިސްޓްރީއާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ)، ވިޒިޓް މޯލްޑިވްސްއިން މިހާރުވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިމަސައްކަތްތަކާއެކު ރާއްޖެއަށް ފަތުރުވެރިން އަންނަމުންދާ މިންވަރު އިތުރުވެ، ކޮންމެ މަހަކުވެސް ރަނގަޅު އަދަދަކަށް ފަތުރުވެރިން އަންނަމުން ދެއެވެ.

މިއަހަރުގެ ނިމުމުގެ ކުރިން ހާސިލްކުރުމަށް ނިންމި އަމާޒަށް މިހާރުވަނީ ވާސިލްވެފައެވެ. މިވަގުތު މިނިސްޓްރީގެ ޓާގެޓެއްގެ ގޮތުގައި އޮތީ އަހަރު ނިމުމުގެ ކުރިން 1.3 މިލިޔަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ. އެޓާގެޓަށް ހާސިލްވެވޭނެކަމަށް މިނިސްޓްރީއިން ގަބޫލުކުރެއެވެ.

މިއަހަރުގެ ޖުލައިމަހުން ފެށިގެން ކޮންމެ މަހަކުވެސް އެއްލައްކައަށްވުރެ ގިނަ ފަތުރުވެރިން އަންނަނީ ކޮންމެ މަހަކުވެސް އަންނަނީ ޒިޔާރަތްކުރަމުންނެވެ. އަދި އޭގެ ކުރިން މާޗް މަހުގެ ތެރޭގައިވެސް އެއްލައްކައަށްވުރެ ގިނަ ފަތުރުވެރިން އެމަހުވެސް ވަނީ ޒިޔާރަތްކޮށްފައެވެ. ޑިސެމްބަރު މަހު ދުވާލަކު އެވްރެޖްކޮށް 5،153 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކަށް ބަލާއިރު، ބޯޑަރު އަލުން ހުޅުވާލުމާއެކު މިފަދަ ބައެއް ގައުމުތައް ނުވަތަ މާކެޓްތަކުން ވަނީ ފުލް ރިކަވަރީއެއް ހާސިލްކޮށްފައެވެ. މިފަދަ ގައުމުތަކުގެ ތެރޭގައި ރަޝިޔާ އަދި އިންޑިޔާ ފާހަގަކޮށްލެވެއެވެ. އަދި މުޅިން އާ މާކެޓްތަކުގެ ގޮތުގައި ޔޫރަޕުންނާއި މެދު އިރުމަތި ސަރަހައްދުގެ ބައެއް ގައުމުތައް ވަނީ ފާހަގަކުރެވިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: