ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

1.3 މިލިއަން ވަނަ ފަތުރުވެރިޔާއަށް ހޫނު މަރުޙަބާއެއް ކިޔައިފި

ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި 1.3 މިލިއަން ވަނަ ފަތުރުވެރިޔާ— ފޮޓޯ: ވިޒިޓް މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރު ރާއްޖެ އައި 1.3 މިލިއަން ވަނަ ފަތުރުވެރިޔާ އަށް މަރުޙަބާ ކިޔައިފިއެވެ.

1.3 މިލިއަން ވަނަ ފަތުރުވެރިއެއްގެ ގޮތުން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ ރޮމޭނިއާގެ ރައްޔިތެއްކަމަށްވާ ކޮންސްޓަންޓިން ސްޓެލިއަން އެމިލްއެވެ. އޭނާ ރާއްޖެ އައިސްފައިވަނީ މިއަދު މެންދުުރުފަހު ގުލިވްއެއަރގެ ފްލައިޓެއްގައެވެ.

އެމީހާ އަށް މަރުހަބާ ކިޔާފައިވަނީ ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުސޫމްއާއި އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރު ޠައްޔިބު މުޙައްމަދާއި އެމްއޭސީއެލްގެ އިސްވެރިންނެވެ.

ސަރުކާރުން މި އަހަރު އަމާޒު ހިފީ އެއް މިލިއަން ޓޫރިސްޓުން ގެނައުމަށް ކަމަށްވާއިރު އެ އަމާޒު މިދިޔަ އޮކްޓޫބަރު މަހު ވަނީ ހާސިލުވެފަ އެވެ. އެއަށް ފަހު ޓޫރިޒަމް މިނިސްޓްރީން ވަނީ މި އަހަރު ޖުމްލަ 1.3 މިލިއަން ޓޫރިސްޓުން އައުމަށް އަމާޒު ހިފާފަ އެވެ.

މިއަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އަންނަ އަހަރު ދެ މިލިއަން ފަތުރުވެރިން ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: