ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން މީހުންނާއެކު ގެއްލުނު ދޯނި އަދިވެސް ނުފެނޭ!

ޝެއާރކޮށްލާ ކަހަލަދޯ؟

ފ. ފީއަލިކައިރިން ފުރައިގެން މާލެއަށް ދަތުރުކުރި “އަލަމާ-05” ދޯނި އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ، “އަލަމާ-05” ނަމަކަށް ކިޔާ ދޯންޏެއް ވ.ފުއްސަރުގެ ހުޅަނގު ދެކުނުން 4 ވަރަކަށް ނޯޓިކަލް މޭލުން ދިޔަވެ އަޑިއަށްދާކަމުގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.

މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ ޖަނަވަރީ 3 ވަނަދުވަހުގެރޭ 23:22 ހާއިރު ކަމަށާއި، މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ދޯނީގައި ތިބީ ތިން މީހުން ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. އަދި މިދޯނި ދަތުރު ކުރަމުން ދިޔައީ، ފ. ފީއަލީ ކައިރިން ފާނަ މަސްވެރިކަމުގައި އުޅޭ ދޯނިފަހަރުން ފާނަ ގަނެގެން މާލެއަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މި އުޅަނދާއި މީހުން ހޯދުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނަ އިރު، އަދިވެސް އެ ދޯނި ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: