ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމްއަށް ވޯޓުލާންވީ އަމިއްލަ ފަސްގަނޑުގައި ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ނުވާން: އަދުރޭ

މިރޭގެ ޖަލްސާގައި އަދުރޭ ވާހަކަދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމްއަށް ވޯޓު ދޭންވީ އަމިއްލަ ފަސްގަނޑުގައި ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ނުވާންކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ރައްޔިތުން ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވޯޓު ދެއްވަންވީ ޑްރަގާއި، ބަޣާވާތާއި ދެކޮޅަށް ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިދިކޮޅަށް އިޝާރާތްކުރައްވާ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

އެގޮތުން އަދުރޭ ވިދާޅުވީ ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި ވޯޓް ލާންވީ ގައުމުގެ ޚާއިނުންނާ ޣައްދާރުންނާ ދެކޮޅަށް ކަމަށާއި އަޅުވެތިކަމަށް ނޫނެކޭ ބުނަން ކަމަށެވެ.

”ބާޠިލު ދީންތަކަށް ފުރުޞަތު ނުދޭން. ދީނާ މިނިވަންކަމުގެ ދިފާޢުގައި. އަމިއްލަ ފަސްގަނޑުގައި ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ނުވާން” އަދުރޭ ވިދާޅުވިއެވެ.

ކެމްޕެއިން ލޯންޗިން ޖަލްސާ ރޭ ކޮމަންޑޫގައި ބާއްވާފައިވާއިރު، އެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރައިސް މުހައްމަދު ނަޝީދު އަދި ސަރުކާރާއި އެމްޑީޕީގެ އިސް ބޭފުޅުން ވާހަކަ ދައްކަވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: