ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ނަރުދަމާ ނިޒާމު” ތައާރަފު ކުރީ އެމްޑީޕީއިން، ކުރިން ރައްޔިތުންނަށް އެ ކޯޗެއްކަން ނޭނގޭ: ޝިއްޕެ

އެމްޑީޕީން ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ޝިފާޒް ވާހަކަފުޅު ދައްކަވަނީ: ފޮޓޯ/ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ނަރުދަމާގެ ނިޒާމަކީ ކޮބައިކަން ރައްޔިތުންނަށް ކިޔައިދީ، ސާފު ބޯފެނާއި ރަށުގެ އެހެން ހިދުމަތްތައް ފުޅާ ކުރުން އެއީ އަސާސީ ހިދުމަތެއްގެ ގޮތުގައި ރައްޔިތުންނަށް ދަސްކޮށް ދިނީ އެމްޑީޕީންކަމަށް ޕާޓީގެ ނައިބު ރައީސް އަދި، ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީން ވާދަކުރާ މުހައްމަދު ރާޝިދުގެ ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ، ސްކޫލު ކުދިންނަށް ބޭނުންވާ ފޮތް ފަންސޫރު ހިލޭ ކުރީ އެމްޑީޕީގެ ސަރުކާރުން ކަމަށެވެ. އޭރު އެމްޑީޕީން ކުރި މަސައްކަތާއި އެކު އަހަރުތަކެއް ފަހުން މިއަދު ދިވެހިރާއްޖޭގެ ޒުވާނުން ޑިގްރީއަށް ނުވަތަ މަތީ ތައުލީމަށް ކިޔަވަމުން ދަނީ ހިލޭކަމަށް ޝިފާޒް ވިދާޅުވި އެވެ.

މީގެ 15 އަހަރު ކުރިން “ނަރުދަމާ” އަކީ ދިވެހިން ދަންނަ ބަހެއް ވެސް ނޫންކަމަށާއި، ރަށެއްގެ ފެނުގެ ނިޒާމު ގާއިމުކޮށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުން އެއީ އަސާސީ ހައްގެއްގެ ގޮތުގައި ކަނޑައެޅީ އެމްޑީޕީންކަމަށް ޝިފާޒް ވިދާޅުވި އެވެ.

އެމްޑީޕީ އުފެދުނީ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށްކަން ފާހަގަކޮށް ޝިފާޒް ވިދާޅުވީ، ޕާޓީއަށް މިވީ އަހަރުތަކުގެ ތެރޭގައި އެކަންކަން ރައްޔިތުން ބަލައިގަތް މިންވަރު ހިތަށް އަރާ ކަމަށެވެ. ކޮމަންޑޫގައި އެކަނި 40 އަށް ވުރު ގިނަ ދަރިވަރުން ހިލޭ ޑިގްރީއަށް ކިޔަވަމުންދާއިރު އެމްޑީޕީއަށް ކުރެވުނު މަސައްކަތްތައް މަތީން ހަނދާން ހުރިތޯ ސުވާލު އުފެދޭކަމަށް އޭނާ ވިދާޅުވި އެވެ.

“އަސްލު އެމްޑީޕީ ނިކުމެ އެންމެ ފުރަތަމަ ދެއްކި ވަހަކަތައް ހަންދާން ހުރިތޯ އަހާލާހާ ހިތުން މިއުޅެނީ.. އެމްޑީޕީން މި ވަކާލާތު ކުރަނީ، ހިލޭ ފޮތް ފަންސޫރު ދޭށޭ… އެ ވާހަކަ މިއަދު ހަނދާން ހުރިތޯ ހަމަ އަހަލަން ބޭނުން.. ބަޔަކަށް ކަމެއް ކުރެވިއްޖެ ތޯ އޭ… ބަޔަކަށް ކަމެއް ކުރެވުނުތޯ އޭ… މި ޕާޓީ އުފެދިގެން 15 އަހަރު ތެރޭ ކަމެއް ކުރެވިއްޖެ ތޯ އޭ… ކާކުތޯ އެއީ ނަރުދަމާގެ ވާހަކަ.. މި ބަސް އެނގޭތޯ މީގެ 15 ކުރިން.. ކާކުތޯ މި ވާހަކަ ދެއްކީ” ޝިފާޒް

ޝިފާޒް ވިދާޅުވީ އެމްޑީޕީ ނޫނީ އަސާސީ ހައްގުތަކުގެ ވާހަކަތައް ދެއްކި ޕާޓީއެއް ނެތް ކަމަށެވެ. އެމްޑީޕީ އުފެދި، މަލްޓި ޕާޓީ ޑިމޮކްރަސީއެއްގެ ދަށުން އެތައް ޕާޓީއެއް އުފެދިގެން ގޮސްފައިވާކަން ފާހަގަކޮށް ޝިފާޒް ވިދާޅުވީ ވެރިކަމެއް ހިންގާތާ އެތައް ޒަމާނެއްވީއިރު ވެސް ބައެއް ވެރިންނަށް ރައްޔިތުންނާއި ގާތުން ކުރެވުނު މަސައްކަތެއް ނެތް ކަމަށެވެ.

މީގެ ކުރީގެ ރައީސުން ރާއްޖޭގެ ރަށްތަކަށް އެއްވެސް ސަމާލުކަމެއް ނުދޭކަން ފާހަގަކުރައްވައި ޝިފާޒް ވިދާޅުވީ، ކޮމަންޑޫއަށް ކިރިޔާވެސް ކުރިއެރުމެއް އައީ އެމްޑީޕީގެ ވެރިކަމުގައި ކަމަށެވެ.

މީގެ އިތުރުން ޝިފާޒް ވިދާޅުވީ، ކިރިޔާ ވެސް ހިތްހަމަނުޖެހުމެއް ހުރުން އެއީ ހުރިހާ ކަމެއް ކުރުން ގޯސް ކުރަންޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަހަރުތަކެއް ކުރިން އޭނާ ކޮމަންޑޫއަށް ކުރި ދަތުރަށް އިޝާރާތްކޮށް ޝިފާޒް ވިދާޅުވީ، އޭރު އޮތް ސަރުކާރުން ކޮމަންޑޫއަށް އެއްވެސް އަސާސީ ހިދުމަތެއް ވެސް ނުދޭ ކަމަށެވެ. ރަށުގެ ރައްޔިތުން އަމިއްލައަސް ފެންހޮޅި އާއި ކޭބަލް ޓީވީ ގުޅައި ލައިން ފޯމެއް ގޭގައި ގެންގުޅުނީ އަމިއްލައިންކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމަންޑޫއަށް މިދިޔަ ސަރުކާރުގައި އެއްވެސް އަޅާލުމެއް ލިބިފައި ނުވާކަމަށާއި، އެއްވެސް ތަރައްގީއެއް ނުގެންނަކަމަށް ބުނެ ޝިފާޒް ވާހަކަ ދެއްކެވިއިރު ކޮމަންޑޫގެ ބިން 17 ހެކްޓަރަށް ބޮޑުކުރުމުގެ މަޝްރޫއެއް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލައްގައްޔޫމް ގެންދަވާފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: