ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާއަށް ދާ ދިވެހިންނަށް ދެން އޮން އެރައިވަލް ވިސާ ލިބޭނެ!

ދެ ގައުމުގެ މެދުގައި ފަސް އެއްބަސްވުމަކު ސޮއި ކުރެވުނު -- ފޮޓޯ: ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

‎ކުރިން ވިސާ ނެގުމަކާ ނުލައި ރާއްޖޭގެ ރައްޔިތުންނަށް، ޗައިނާ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދެ ގައުމުގެ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މަޝްވަރާތަކަށް ފަހު ދެ ގައުމުގެ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ، ޗައިނާ ފޮރިން މިނިސްޓަރު ވާންގް ޔީ ރާއްޖެއަށް ކުރަައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މިއަދު ސޮއި ކުރި ވިސާ އެގްޒެމްޝަންގެ ދަށުން ދިވެހިން ޗައިނާއަށް ދިއުމުން 30 ދުވަހުގެ އޮންއެރައިވަލް ވިސާ ލިބޭނެ އެވެ.

އެއްބަސްވުމުގެ މައުލޫމާތުތައް ހިއްސާކޮށް ފޮރިން މިނިސްޓްރީން ބުނީ، މިއީ ދިވެހިން ރާއްޖެއިން ބޭރަށް ދަތުރުކޮށް ހެދުމުގައި ލުއި ފަސޭހަ އުސޫލުތައް ހަމަޖެއްސުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ހޯދި ކާމިޔާބީއެއް ކަމަށެވެ. މިއީ ވިސާ ނެގުމަކައި ނުލައި ދިވެހިންނަށް ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެހުނު ފަސް ވަނަ ގައުމުކަން ވެސް ފޮރިން މިނިސްޓްރީން ފާހަގަ ކުރި އެވެ.

ފޮރިން މިނިސްޓްރީން ބުނީ 2018 ގެ ނޮވެމްބަރު މަހުން ފެށިގެން އޮންއެރައިވަލް ވިސާ ލިބޭ ގައުމުތަކުގެ ތެރޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި، ތައިލޭންޑާއި ރަޝިއާ އަދި މޮރޮކޯ ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ސައުދީ އާއި، އަވައްޓެރި އިންޑިއާ އަދި ސްރީލަންކާއަށް ދަތުރު ކުރުމުގައި ވެސް ދިވެހިންނަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މިއަދު ޗައިނާއާއެކު ސޮއެކުރެވުނު އެއްބަސްވުންތައް:

  • ސިއްހީ ދާއިރާއިން ޗައިނާއާ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން

ލޮލުގެ ބަލިތަކަށް ފަރުވާދޭ ޚާއްސަ ކްލިނިކެއް/ކޭމްޕެއް މި އެއްބަސްވުމުގެ ދަށުން ޗައިނާއިން ހިންގާނެ. މި އެއްބަސްވުމުގައި ފުރަތަމަ ސޮއިކުރެވުނު 2019 ވަނަ އަހަރު. އޭރު ސޮއެކުރެވުނު 2 އަހަރުގެ އެއްބަސްވުމުގެ ދަށުން ޗައިނާއިން ވަނީ ލޮލުގެ ފަރުވާދޭ ޚާއްސަ ކޭމްޕެއް ހިންގާފައި. މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމާ ގުޅިގެން އަލުން ސޮއިކުރެވުނު އެއްބަސްވުމެއް.

  • އިޤްތިޞާދީ އަދި ފަންނީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ހިލޭ އެހީ ދިނުމުގެ އެއްބަސްވުން

މި އެއްބަސްވުމުގެ ދަށުން ޗައިނާ ސަރުކާރުން 968 މިލިއަން އެއްލައްކަ ނުވަދިހަ ހަތް ހާސް ހަ ސަތޭކަ އެކާވީސް ރުފިޔާ (62.8 މިލިއަން އެމެރިކާ ޑޮލަރު/400 މިލިއަން ޔުއާން) ގެ ހިލޭ އެހީ ދިވެހިރާއްޖެއަށް ފޯރުކޮށްދޭނެ. މި އެހީ އަކީ އިޖްތިމާއީ އަދި އުމްރާނީ ތަރައްޤީއަށް ހޭދަކުރުމަށް ޗައިނާ ސަރުކާރުން ފޯރުކޮށްދެއްވާ އެހީއެއް

  • ވިސާ އެގްޒެމްޝަން އެއްބަސްވުން

މި އެއްބަސްވުމުގެ ދަށުން ދެޤައުމުގެ ރައްޔިތުންނަށް ކުރިން ވިސާ ނެގުމަކާ ނުލައި އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރެވޭނެ. ދިވެހިންނަށް ޗައިނާއަށް ދިޔުމުން 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ. މި އުސޫލަށް އަމަލުކުރަން ފަށާނީ ކޮވިޑް-19އާ ގުޅިގެން ޗައިނާއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލުމުން

  • ސިނަމާލެ ބްރިޖްގެ މެއިންޓަނަންސް މަސައްކަތާ ބެހޭ އެއްބަސްވުން

ސިނަމާލެ ބްރިޖްގެ މަރާމާތުގެ މަސައްކަތް ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދިޔުމަށް ސޮއިކުރެވުނު އެއްބަސްވުމެއް. ބްރިޖް ދިވެހި ސަރުކާރާ ހަވާލުކުރުމަށްފަހު 2 އަހަރުގެ މުއްދަތަކަށް ބްރިޖްގެ މަރާމާތުގެ މަސައްކަތް ބެލެހެއްޓުމަށް ޗައިނާއާއެކު ކުރިން ވެވުނު އެއްބަސްވުމުގައިވޭ. އާ އެއްބަސްވުމުގެ ދަށުން މި މަސައްކަތް ޗައިނާއިން އަނެއްކާވެސް ކުރިއަށް ގެންދާނެ.

  • 5 ރަށެއްގައި މައިކްރޯގްރިޑް ސީވޯޓަރ ޑީސެލިނޭޝަން ޕްލާންޓް ޤާއިމްކުރުމުގެ އެއްބަސްވުން

މި އެއްބަސްވުމުގެ ދަށުން ކ. ކާށިދޫ، ޅ. އޮޅުވެލިފުށި، ހއ. ކެލާ، ރ. އަލިފުށި އަދި ގއ. ދާންދޫގައި މައިކްރޯ-ގްރިޑް ސީވޯޓަރ ޑީސެލިނޭޝަން ޕްލާންޓް ޤާއިމްކުރެވޭނެ. މި ޕްރޮޖެކްޓަކީ 199 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: