ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީން ބަލަމުންދާ ފަނޑިޔާރުންގެ 55 މައްސަލައެއް ނުނިމި އެބައޮތް!

ޖުޑިޝަލް ސާވިސް ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން/ ފޮޓޯ: ޖޭއެސްސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުންގެ 55 މައްސަލައެއް ތަހުގީގު ކުރަމުން އަންނަކަމަށް އެ ކޮމިޝަނުގެ އަހަރީ ރިޕޯޓުގައި ބުނެފި އެވެ.

ޖޭއެސްސީން އާއްމު ކުރި ކޮމިޝަނުގެ އަހަރީ ރިޕޯޓުގައި ވާގޮތުން، 2020 ވަނަ އަހަރު ނިމުނު ކޮމިޝަނަށް ލިބުނު މައްސަލަތަކުގެ ތެރެއިން ނުނިމު އޮތީ 33 މައްސަލައެކެވެ. އަދި އޭގެ ޖެހިގެން އައި އަހަރު ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކުގައި 404 މައްސަލައެއް ހުށަހެޅިއިރު، މީގެ ތެރެއިން “މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން” 395 މައްސަލަ ނިންމާފައި ވެއެވެ. މި އަހަރު ފެށުނުއިރު ކޮމިޓީގައި ގޮތެއް ނުނިމި އޮތީ 42 މައްސަލައެވެ.

ތަހުގީގު މަރުހަލާ

ޖޭއެސްސީން ބުނީ 2020 ގެ ޑިސެމްބަރުގެ ނިޔަލަށް ތަހުގީގު މަރުހަލާގައި ނުނިމި އޮތީ 62 މައްސަލައެއް ކަމަށެވެ. އޭގެ ޖެހިގެން އައި އަހަރު ތަހުގީގު ކޮމިޓީއަކުން 88 މައްސަލައެއްގެ ތަހުގީގު ކުރިޔަށް ދިޔަކަން ތަފާސްހިސާބުތަކުން ދައްކަ އެވެ. އެކަމަކު އަހަރު ނިމުނުއިރު، ތަހުގީގު އެކީ ނިންމާލެވުނީ 33 މައްސަލައެއްކެވެ. އެހެންކަމުން ނުނިމޭ 55 މައްސަލައެއް އެބައޮތެވެ.

ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމަށް ފަހު، އޭގެ ތެރެއިން މަގާމުން ވަކި ކުރުމަށް ހުށަހެޅީ ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަަޝީދުގެ ނަމެވެ. މިދިޔަ އަހަރު ވަކި ކުރަން ނިންމި ގިނަ ފަނޑާރުން އެބޭފުޅުންގެ ސުލޫކީ މައްސަލަތައް ބަލަން ފެށުމުން އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވީ އެވެ.

މަގާމުން ވަކި ކުރުމުގެ އިތުރުން މައްސަލައަކަށް ރިއާޔަތްކޮށް އަޅާ ސުލޫކީ ފިޔަވަޅު އަޅާފައިވަނީ 14 ފަނޑިޔަރަކަށެވެ. ކޮމިޝަނުން އެކި ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލައި ތަހުގީގު ކުރިއިރު، 18 ފަނޑިޔާރެއްގެ މައްޗަށް ފިޔަަޅު ނޭޅުމަށް ވަނީ ނިންމާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: