ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ކޮމަންޑޫ ބްރިޖަކުން ގުޅުވާލާ މަޝްރޫއުގެ މަސައްކަތް ހުކުރު ދުވަހު ފަށަނީ!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ކޮމަންޑޫ ދާއިރާއަށް ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓު ރާޝިދު/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ށ. ކޮމަންޑޫ އާއި، މަތިކޮމަންޑޫ ގުޅައިލުމުގެ އަމަލީ މަސައްކަތް އަންނަ ހުކުރު ދުވަހު ފަށާ ގޮތަށް ނިންމައިފި އެވެ.

ރަށުގެ ރައްޔިތުންގެ ހުށަހެޅުންތަކާއި އެއްގޮތަށް، ކޮމަންޑޫއާއި އެއް ފަޅެއްފައި އޮންނަ މަތިކޮމަންޑޫ ގުޅުވުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކެމަަށް ސަރުކާރުން އިއުލާނު ކުރީ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި- އިލެކްޝަނުގައި އެމްޑީޕީގެ ކެނޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕެއިން ރަސްމީކޮށް ލޯންޗުކުރުމަށް ބޭއްވި ޖަލްސާގަ އެވެ. މިދިޔަ ހަފްތާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮމަންޑޫއަށް ވަޑައިގެން ވިދާޅުވީ ރަށުގެ ތަރައްގީއަށް ސަރުކާރުން ގިނަ ޕްލޭންތަކެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި ވެރިކަމަށް އައުމަށް ވީ ވައުދުތައް ފުއްދައި، ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލު ކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

މި ދެ ރަށް ގުޅުވާލުމަށް ނިންމާފައި ވަނީ، ބިން ހިއްކައި ބްރިޖަކުންނެވެ.

ކޮމަންޑޫގައި އޮތް ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވެސް ވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އެންމެ ފަހުން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލުން އެއީ ރިޔާސީ ވައުދެއްކަމަށާއި، އެމަނިކުފާނުގެ ސަރުކާރުން އެ ވައުދު ފުއްދައިދޭނެ ކަމަށެވެ.

ކެމްޕެއިނާއި ގުޅުވައި ށ އަތޮޅުގައި ސަރުކާރުން މަޝްރޫއުތަކެއް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާތީ، އެކަމުގެ ފާޑުކިއުންތައް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. އަދި އިންތިހާބާއި ދިމާކޮށް ރަށުގައި އާ ވަޒީފާތަކެއް އުފައްދަަމުންދާކަމަށް ބުނެ ވެސް އިދިކޮޅުން ވަނީ ނުރުހުންފާޅުކޮށްފަ އެވެ. އެވާހަކަތަކަށް ރައްދު ދެއްވައި ޖަލްސާގައި ރައީސް ވިދާޅުވީ ސަރުކާރުގެ މަސައްކަތްތަކާއި، ބައި އިލެކްޝަނާއި އެއްވެސް ގުޅުމެއް ނެތްކަމަށާއި މިއީ ސަރުކާރުގެ ސިޔާސަތުތައް ފުރިހަމަ ކުރުން ކަމަށެވެ. ނަމަވެސް 2022 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދައުލަތުގެ ބަޖެޓުގައި ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅާލުމުގެ ވާހަކައެއް ހިމަނާފައި ނެތެވެ.

ކޮމަންޑޫއަށް ވަޑައިގެން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވެސް ވަނީ ރަށުގެ ޒުވާނުން ކުޅެން ޓާފުދަނޑު އެޅުމުގެ މަސައްކަތް ކުރާކަމަށް ވިދާޅުވެފަ އެވެ. އަދި ފޯކައިދޫގެ ދަނޑުގެ މަސައްކަތްތަކާއި ގުޅޭ ޓްވީޓުތަކެއް ވެސް ކުރެއްވި އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: