ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައި ގައުމަކަށް ރަޝިޔާ!

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިޔާއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ މިހާތަނަށް އެންމެ އެންމެ ގިނައިން ފަތުރުވެރިން އައި ގައުމެއްގެ ގޮތުގައި ރަޝިޔާ ފާހަގަކުރެވިއްޖެއެވެ.

ޓުއަރިޒްމް މިނިސްޓްރީއިން މިމަހުގެ ފުރަތަމަ ފަސް ދުވަހުގެ ތަފާސް ހިސާބުތައް އާންމުކޮށްފައިވާއިރު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ގައުމުތަކުގެ ގޮތުގައި ފާހަގަކުރެވެނީ ރަޝިޔާ، އިޓަލީ، ޖަރމަނީ، އިންޑިޔާ އަދި ޔުނައިޓެޑް ކިންގްޑޮމްއެވެ.

އަހަރުގެ ފުރަތަމަ ފަސް ދުވަހުގެ ތެރޭގައި ރަޝިޔާއިން 6700 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ޖުމްލަ ފަތުރުވެރިންގެ 27.3 އިންސައްތައެވެ. އިޓަލީއިން 3162 ފަތުރުވެރިން، ޖަރމަނީއިން 1665 ފަތުރުވެރިން، އިންޑިޔާއިން 1480 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި ޔޫކޭއިން 1475 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ރާއްޖޭގައި މިވަގުތު ހިންގަމުންދާ 167 ރިޒޯޓުގެ ތެރެއިން 161 ރިޒޯޓެއް މިވަގުތުވެސް އަންނަނީ ފަތުރުވެރިކަމުގެ އޮޕަރޭޝަންތަކަށް ބޭނުންކުރަމުންނެވެ. 817 ގެސްޓްހައުސް އަދި ހޮޓެލްތަކުން މިވަގުތު އޮޕަރޭޝަންތަކަށް ބޭނުންކުރަނީ 624 ތަނެކެވެ. އަދި 157 ސަފާރީ އުޅަނދުތަކުގެ ތެރެއިން 145 އުޅަނދެއް އަންނަނީ ބޭނުންކުރަމުންނެވެ.

އަހަރު ފެށުމާއެކު ފަތުރުވެރިކަމުގެ ދާއިރާއިން އާ ލަނޑުދަނޑިއެއް ހާސިލްކޮށް ހޯމްސްޓޭ ޓުއަރިޒްމް ވަނީ ތައާރަފްކޮށްފައެވެ. ހޯމްސްޓޭ މ. ދިއްގަރުން ތައާރަފްކުރިއިރު މިކަމަށް ރަނގަޅު އެއްބާރުލުމެއް ލިބޭކަމަށް މިނިސްޓްރީއިން ފާހަގަކުރެއެވެ.

މިދިޔައަހަރު ފަތުރުވެރިކަމުގެ ދާއިރާއިން ކަނޑައެޅި ޓާގެޓް ހާސިލްވުމާއެކު މިއަހަރަށް ވަނީ 2 މިލިޔަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައެވެ. މިކަމަށްޓަކައި މިވަގުތުވެސް ރާއްޖެއިން ބޭރުގެ ގައުމުތަކުގައި އެމްއެމްޕީއާރްސީ ވިޒިޓް މޯލްޑިވްސްއިން އަންނަނީ ތަފާތު ޕްރޮމޯޝަންތައް ހިންގަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: