ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓާޓާއަށް މިލިއަނުން “އިނާމު” ދިންއިރު ރައްޔިތުން ތިބެން ޖެހުނީ ކިއުއެއްގައި އަތް ދޮންނަން: ސައީދު

ޕީއެންސީގެ ނައިބު ރައިސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓި ކޮަރަޕްޝަން ކޮމިޝަނުގައި މެމްބަރުން ނެތި، ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮތްއިރު ފެންމަތިވަމުންދާ ކޮަރަޕްޝަނަށް މަގުފައިވާ މައްސަލަތައް ބަލާނެ އިދާރާއެއް ނެތުމުން އެއީ ޒީރޯ ޓޮލަރެންސް މެކުހަށް ޖެހުންކަމަށް މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ބޯހިޔާވަހިކަމަށް އިސްކަމެއް ދީގެން ހިންގަން އިއުލާނު ކުރި މަޝްރޫއަށް އިންޑިއާގެ ޓާޓާ ކުންފުންޏާއެކު ވި އެއްބަސްވުން ސެޓްލްމެންޓް އެގްރީމެންޓަކަށް މި ސަރުކާރުން ބަދަލު ކުރުމުން ސައީދު ވަނީ އެކަމަށް ފާޑުވިދާޅުވެފަ އެވެ. ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ނާދީ ހުރި ބިމުގައި ލަގްޒަރީ ފްލެޓް އެޅުމަށް ޓާޓާ ކުންފުންޏާއި އެކު ރައީސް ނަޝީދުގެ ސަރުކާރުގައި ހެދި އެއްބަސްވުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބާތިލު ކުރެއްވީ އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ކުރިޔަށް ނުދާތީ އެވެ. އެ މައްސަލައިގައި ޓާޓާ ކުންފުނިން އާބިޓްރޭޝަނަށް ހުށަހެޅީ ބަދަލެއްގެ ގޮތުގައި 200 މިލިއަން ޑޮލަރު ނުވަތަ ދިވެހި ފައިސާއިން ނަމަ ތިން ބިލިއަން ރުފިޔާ ހޯދުމަށެވެ.

ޓާޓާ އެއްބަސްވުމުގެ ދަށުން ގާކޮށި އާއި ކުރީގެ އަރަބިއްޔާ ބިމުގައި 280 ފްލެޓު އެޅުމަށް ނިންމައި ބަދަލެއްގެ ގޮތުގައި، މަތީ ފެންވަރުގެ ފްލެޓް އަޅައި ވިއްކަން އޯޑިއޯން ހުރި ބިމާއި ނާދީ ހުރި ބިމުގެ އިތުރުން ރިސޯޓެއް ހަދަން ޅ. ޅޮއްސަލަފުށި ވެސް ޓާޓާ އަށް ދޭން ރައީސް ނަޝީދުގެ ސަރުކާރުން އެއްބަސްވި އެވެ. މިހާރު އަލަށް މި ސަރުކާރުން އެއްބަސްވީ ޅޮއްސަލަފުށި އެއްކޮށް ދިނުމުގެ ބަދަލުގައި، ރަށުން ބިމެއް ލަގްޒަރީ ވިލާ އަޅަން ދޫކުރާ ގޮތަށެވެ.

ޕްލޭނިން މިނިސްޓްރީން އާއްމު ކުރި ބަޔާން މީޑިއާތަކުން ރިޕޯޓު ކުރުމުން ސައީދު ވިދާޅުވީ، 12 އަހަރު ކޮންޓްރެކްޓު ތަންފީޒު ނުކުރީ ޓާޓާއިން ކަމަށެވެ. އަދި ޓާޓާއަށް މޮޅު ކޮންޓްރެކްޓް ހެދީ އެމްޑީޕީންކަމަށް ސައީދު ވިދާޅުވި އެވެ. ޓާޓާއަށް މިލިއަނުން “އިނާމު” ދިންއިރު ރައްޔިތުން ތިބެން ޖެހުނީ ކިއުއެއްގައި އަތް ދޮންނަންކަމަށް ސައީދު ވިދާޅުވި އެވެ.

ޓާޓާއަށް ބަދަލު ދިނުމާ ގުޅޭ ގޮތުން ބަޔާނެއް އާއްމުކޮށް ޕްލޭނިން މިނިސްޓްރީން ބުނީ ބުނީ ދެ ފަރާތުން މަޝްވަރާކޮށްގެން، ކޯޓުން ބޭރުގައި މައްސަލަ ނިންމައިފައި ވަނީ އާބިޓްރޭޝަންގައި އެ މައްސަލަ ޓާޓާއަށް ކާމިޔާބުވުމުގެ ފުރުސަތު ބޮޑު ކަމަށް ގާނޫނީ ޓީމުން ލަފާ ދީފައިވާތީ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: