ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްގެ ހާލަތު ގޯސްވެ އައިޖީއެމްއެޗްގެ ރޫޓިން ސާޖަރީތައް މެދުކަނޑާލަނީ

ފައިލް ފޮޓޯ: އައިޖީއެމްއެޗް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19ގެ ހާލަތު ގޯސްވުމުގެ ސަބަބުން އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން ހަދާ ރޫޓިން ސާޖަރީތައް ހެދުން މެދުކަނޑާލައިފިއެވެ.

އައިޖީއެމްއެޗްއިން އާންމުކުރި ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ސަބަބުން ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތަކަށް ބަދަލުގެނައުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިވަގުތުގެ ހާލަތަށް ރިއާޔަތްކޮށް ހޮސްޕިޓަލުގެ ބައެއް ހިދުމަތްތައް ޑައުންގްރޭޑްކުރުމަށް ނިންމާފައިވާ ކަމަށެވެ.

އައިޖީއެމްއެޗްއިން ބުނީ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުން ފެށިގެން ދުރާލާ ތާވަލުކުރެވިގެން ނުވަތަ ރޫޓިން ސާޖަރީތައް މެދުކަނޑާލުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކޮވިޑްގެ ހާލަތަށް ރިއާޔަތްކޮށް ސާޖަރީތައް ހެދެން ފެށޭނެ ތާރީހެއް އިއުލާންކުރާނެކަމަށް އައިޖީއެމްއެޗްއިން ބުނެއެވެ. ރޫޓީން ސާޖަރީތައް މެދުކަނޑާލިނަމަވެސް އީއާރްގެ ހިދުމަތްތައް މެދުނުކެނޑި ކުރިއަށްދާނެކަމަށް އައިޖީއެމްއެޗްއިން ބުނެއެވެ.

އިއްޔެ އެކަނިވެސް އަލަށް ޕޮޒިޓިވްވި މީހުންގެ އަދަދު 2000އިން މަތީގައި ހުރިއިރު، ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާއިރުވެސް އެޗްޕީއޭއިން އެއްވެސް ފިޔަވަޅެއް އަޅަމުން ނުދާތީ އެކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ. މީގެކުރިންވެސް، ކޮވިޑްގެ ކޭސްތައް އިތުރުވުމުގެ ސަބަބުން ސިއްހީ ދާއިރާއަށް ވަނީ ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހިފައެވެ. އެގޮތުން، ހޮސްޕިޓަލުތަކުން ފޯރުކޮށްދޭ ހިދުމަތްތައް ލިމިޓްކުރަން ޖެހުމާއި އަތޮޅުތެރެއިން މާލެއަށް ސިއްހީ ފަރުވާ ހޯދުމަށް އަންނަ މީހުންނަށް ނާދެވި މަޑުކުރަންޖެހުން ފަދަ އެތައް ކަމެއް ދިމާވިއެވެ. ކޮވިޑްގެ ސަބަބުން އެހެނިހެން ބަލިތަކުން ފޯރުކޮށްދޭ ހިދުމަތްތަކަަށް މީގެކުރިންވެސް ވަނީ ބުރޫ އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭއިން ބުނީ އެއްވުންތައް ބޭއްވުން މަނާކުރުމާއި އެފަދަ ބައެއް ފިޔަވަޅުތައް އެޅުން ލަސްވިކަމަށް ގަބޫޅުނުކުރާ ކަމަށެވެ. އަދި ފިޔަވަޅުތަކަށް ދޫދެނީ ސިއްހީ ދާއިރާއަށް ބާރު ބޮޑުނުވާ މިންވަރު ބަލައިގެން ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ ޝާހު މާހިރު ވިދާޅުވިއެވެ. އަދި ސަރުކާރުން ގެންގުޅެނީ ވަރަށް ރަނގަޅު ބެލެނެސްއެއް ކަމަށާއި ސަރުކާރުން އެޅުމަށް ނިންމާ ފިޔަވަޅުތަކަކީ ބެލެންސް ފިޔަވަޅުތަކެއްކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. އަދި ފިޔަވަޅުތައް އަޅަނީ އިގްތިސާދަށާއި ވިޔަފާރިތަކަށް ގެއްލުން ނުވާ މިންވަރު ބެލުމަށްފަހުކަމަށް ވިދާޅުވިއެވެ.

ޑރ ޝާހު ވިދާޅުވީ ކޮވިޑާއި ދެކޮޅަށް އަޅާ ފިޔަވަޅުތައް އަޅަމުންދަނީ ސިއްހީ ދާއިރާ އޯވަރވެލްމްވާ މިންވަރު ބަލަމުން ކަމަށެވެ. އަދި ސއްިހީ ދާއިރާއަށް ބާރުބޮޑުނުވާކަމަށް ފެންނަނަމަ ލުއި ދެވެން އޮތް ހުރިހާ ދިމާއަކުން ލުއިތައް ދޭނެކަމަށް ޝާހު ވިދާޅުވިއެވެ. މިމަހުގެ 11 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ ޝާހު ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދެވޭނެ މިންވަރަށް ބެޑް ކެޕޭސިޓީ އެބަހުރިކަމަށެވެ. އަދި ހެލްތު ސިސްޓަމް ރިޒާވް އޯވަރވެލްވާ ކަމުގައިވާނަމަ ނުވަތަ އެހިސާބަށް ދާކަމަށް ޕްރޮޖެކްޝަންސްތަކުން ދައްކާކަމުގައިވާނަމަ ފިޔަވަޅުތައް ވަރުގަދަކުރާނެކަމަށް އެދުވަހު ވިދާޅުވިއެވެ. އެހެންނަމަވެސް އެކެޕޭސިޓި އެބަހުރިކަމަށް ޑރ ޝާހު އޭރު ވިދާޅުވިއެވެ. މިމަހުގެ 11 ވަނަ ދުވަހު އެންމެ ފަހުން އެޗްޕީއޭއިން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވިއިރު އޭގެ ފަހުން ހާލަތު އެތައް ތަނަކުން ގޮސްވިއިރުވެސް އެޗްޕީއޭއިން މީޑީޔާއާއި އާންމުންނާއި މިހާތަނަށް އައިއިރު ބައްދަލުކޮށްފައި ނުވެއެވެ.

ކޮވިޑްގެ ކޭސްތައް ދުވަހަކަށްވުރެ ދުވަހެއް މައްޗަށްދާއިރު މާލެ ސަރަހައްދުން އެކަނިވެސް ދުވާލެއްގެ މައްޗަށް ހާހަކަށްވުރެ ގިނަ މީހުން އިއްޔެވެސް ޕޮޒިޓިވްވިއެވެ. މިއަދުގެ މިހާތަނަށް މިބަލީގައި ތިން މީހަކު ނިޔާވެފައިވާއިރު ބަލީގެ ހަލަތު ބަދަލުވެ ރަތް އެލާޓަށް ވަނީ ބަދަލުކޮށްފައެވެ. އެހެންނަމަވެސް އެއްވެސް ފިޔަވަޅަކަށް ބަދަލު ގެނެސްފައިނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށާއި އެޗްޕީއޭއަށް އަންނަނީ އަމާޒުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: