ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރުގެ މިހާތަނަށް އެއްލައްކައަށްވުރެ ގިނަ ފަތުރުވެރިން، އެންމެ ގިނައީ ރަޝިޔާ ފަތުރުވެރިން!

ހުސްވި މަހު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ މިހާތަނަށް އެއްލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 25ވަނަ ދުވަހާއި ހަމައަށް 106،816 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 18.6 އިންސައްތަ ހިއްސާކުރަނީ ރަޝިޔާއިން އައިސްފައިވާ ފަތުރުވެރިންނެވެ.

ރަޝިޔާގެ އިތުރުން ދެން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ޔުނައިޓެޑް ކިންގްޑަމް، އިޓަލީ، އިންޑިޔާ އަދި ޖަރމަނީ ފާހަގަކޮށްލެވެއެވެ. މީގެ ކުރިން ރާއްޖެއަށް އާންމުގޮތެއްގައި ފަތުރުވެރިން ޒިޔާރަތްނުކުރާ ގައުމުތަކުން މިހާރު ވަނީ ފަތުރުވެރިކަމުގެ މާކެޓް ރޭންކުގެ އެންމެ ކުރިން ޖާގަ ހޯދާފައެވެ. އަދި އާ މާކެޓުތަކަށް ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް އެމްއެމްޕީއާރްސީ ވިޒިޓް މޯލްޑިވްސްއިން މިހާރުވެސް އަންނަނީ ކުރަމުންނެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި އަޅާބަލާއިރު މިއަހަރުގެ ޖެނުއަރީ މަހުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު މުޅި ޖުމްލަ ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 92،103 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު އިތުރުވެފައިވީނަމަވެސް، ޖުމްލަގޮތެއްގައި ކޮވިޑްގެ ކުރިން ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރަށް އަދިވެސް ދެވިފައެއް ނުވެއެވެ.

މިއަހަރުގެ ފުރަތަމަ 25 ދުވަހުގެ ތަފާސްހިސާބުތަކަށް ބަލައިލާއިރު އެންމެ ގިނަ ފަތުރުވެރިން އައިކަމަށް ރިކޯޑް ކުރެވިފައިވަނީ މިމަހުގެ ދެވަނަ ދުވަހުއެވެ. މިމަހުގެ ދެވަނަ ދުވަހު ރާއްޖެއަށް 6،213 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެންމެ މަދުން ފަތުރުވެރިން ޒިޔާރަތްކުރި ދުވަހުވެސް 2000އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެވްރެޖްގޮތެއްގައި ދުވާލެއްގެ މައްޗަށް 4،273 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 72 އިންސައްތަ ފަތުރުވެރިން އައިސްފައިވަނީ ރިޒޯޓެވެ. 20 އިންސައްތަ ފަތުރުވެރިން ގެސްޓްހައުސްތަކަށް، 5 އިންސައްތަ ފަތުރުވެރިން ސަފާރީތަކަށް އައިސްފައިވާއިރު 3 އިންސައްތަ ފަތުރުވެރިން ރާއްޖޭގައި ދުވަސްތައް ހޭދަކޮށްފައިވަނީ ހޮޓެލްތަކުގައެވެ.

ކޮވިޑާއެކު ބޯޑަރު ބަންދުކުރުމާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާ އެއްކޮށް ބަންދުވެފައި އޮތުމަށްފަހުވެސް ފަތުރުވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ވަރުގެ ކުރިއެރުންތަކެއް ވަނީ ހޯދާފައެވެ. އެހެންނަމަވެސް ކޮވިޑްގެ ހާލަތުގެ ކުރިން ފަތުރުވެރިކަމުގެ ދާއިރާ އޮތް ހާލަތަށް ކުރިއަށް ގެންދިޔުމަށް އަދިވެސް ދުވަސްކޮޅެއް ނަގާނެކަމަށް އަންދާޒާކުރެވެއެވެ. އެމްއެމްޕީއާރްސީއިން ރާއްޖެ އިޝްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މާހައުލެއްކަން އަންގައިދިނުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 2022 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބިލް ފުރުން ފާހަގަކުރާ އަހަރުކަމަށްވާތީ ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްސަކޮށް ގިނަ ކަންތައްތަކެއް ވަނީ ރާވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: