ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓޫރިޒަމްގެ ރަންޔޫބިލް ސްޓޭމްޕް ނެރެފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެރިކަމުގެ ރަން އަހަރާއި ގުޅުވައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ސްޓޭމްޕެއް ނެރެފި އެވެ.

މިކަމަށްޓަކައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސްޓޭމްޕް ތައާރަފްކޮށްދެއްވީ ރާއްޖޭގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަހްމަދު މުޖުތަބާ އާއި، ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކޮށްދެއްވި ޔުނިވާސަލް ގުރޫޕްގެ ޗެއާމަން މުހައްމަދު އުމަރު މަނިކާއި، ޗަމްޕާ ގުރޫޕްގެ އެއް ހިއްސާދާރު ހުސައިން އަފީފާއި، މިހާރުގެ ހެލްތު މިނިސްޓަރު އަހްމަދު ނަސީމާއި، ޖޯޖް ކޯބިން އެވެ.

މި ރަސްމިއްޔާތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ 50 އަހަރު ރަމްޒުކޮށްދޭ ހަ ސްޓޭމްޕެއް ޕޯސްޓު ލިމިޓެޑުން ވަނީ ނެރެފައެވެ. އެއީ ފަތުރުވެރިކަން ރާއްޖޭގައި ފެށުނު 1972 ވަނަ އަހަރު ރަމްޒު ކޮށްދޭ ސްޓޭމްޕަކާއި، 1986 ގައި ވޯޓާ ވިލާ ރާއްޖެއަށް ތަޢާރަފުވުން ރަމްޒުކޮށްދޭ ސްޓޭމްޕަކާއި، 1987 ވަނަ އަހަރު ހޮސްޕިޓަލިޓީ ޓްރެއިނިންގ އިންސްޓިޓިއުޓް އިފްތިތާޙްކުރެވުން ރަމްޒުކޮށްދޭ ސްޓޭމްޕެއް ހިމެނެއެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ސްޓޭމްޕް ތައާރަފް ކުރެވިގެން މިދިޔައީ ވެސް ފަތުވެރިކަމުގެ ހާއްސަ ދުވަހެއްގައި ކަމަށެވެ. އެގޮތުން މިއަދަކީ ރާއްޖެއަށް ފަތުރުވެރިންގެ ފުރަތަމަ ގުރޫޕް އައި ދުވަސް ކަމުގައި ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރަންޔޫބިލްގެ އަހަރު ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށެވެ. އަދި ފަހަރު ހަރަކާތެއް ކުލަގަދަ ގޮތެއްގައި ކުރިއަށް ގެންދާނެ ކަމުގައި ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: