ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަސްލަމްގެ ތާއީދު ފައްޔާޒަށް، ވިދާޅުވީ ފައްޔާޒަކީ އުސޫލު ދަމަހައްޓާ ލީޑަރެއްކަމަށް!

މެމްބަރު އަސްލަމް އާއި އިކޮނިމިކް މިނިސްޓަރު ފައްޔާޒް/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލިމަންޓް ގްރޫޕުގެ ލީޑަރު އަހުމަދު އަސްލަމް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ތާއީދު ކުރައްވައިފި އެވެ.

އެތެރޭގެ އިންތިހާބުގެ ވާދަވެރިކަން އިންތިހާއަށް ބޮޑުވެފައިވަނިކޮށް، އަސްލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފައްޔާޒަށް ތާއީދު ކުރުމަށް ނިންމީ އެމްޑީޕީއަށް އިތުރު ކާމިޔާބީތައް ހޯދައިދީ ޕާޓީ އިތުރަށް ވަރުގަދަ ކުރުމަށް ކަމަށެވެ.

އަސްލަމް ވިދާޅުވީ ފައްޔާޒަކީ ސިޔާސީ ގޮތުން އާދަޔާ ހިލާފު ހުނަރުވެރިކަމެއް ލިބިފައިވާ އެމްޑީޕީގައި ސާބިތުކަމާއި އެކު ދެމި ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި ފައްޔާޒަކީ އުސޫލުތައް ދަމަހައްޓާ، މައްސަލަތައް ހައްލު ކުރެވޭނެ ވަރުގެ ލީޑަރ ކޮލިޓީ ލިބިފައިވާ ބޭފުޅެއްކަމަށް ވެސް ވިދާޅުވި އެވެ.

އަސްލަމްގެ ތާއީދު އޮތީ ފައްޔާޒަށްކަން ހާމަކުރިއިރު، އެމްޑީޕީގެ ޕާލިމަންޓް ގްރޫޕުގެ މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމަބަރުން އަދި ސަރުކާރުގެ އިސް މަގާމުތައް އަދާކުރައްވާ ބޭފުޅުން ގެންދަވަނީ ކެނޑިޑޭޓުންނާއި އެކު އަމަލީ ގޮތުން ކެމްޕެއިންތަކުގައި ބައިވެރިވަމުންނެވެ. އެންމެ ފަހުން ށ. މިލަންދޫގައި ފައްޔާޒާއި އަންހެނުންގެ ރޫހުގެ ރައީސްކަމަށް ވާދަކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްގެ ކެމްޕެއިން ލޯންޗު ކުރުމަށް ބޭއްވި ޖަލްސާގައި މަޖިލީހުގެ 30 މެމްބަރަކާއި، ގައުމީ މަޖިލީހުގެ 40 އަށް ވުރެ ގިނަ މެމްބަރުން ވަނީ ބައިވެރިވެފަ އެވެ.

ފައްޔާޒްގެ އިތުރުން ޗެއާޕާސަނަކަށް ދެން ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އެވެ.

އަންނަ މަހު ބާއްވާ އިންތިހާބުގެ ފޯރިގަދަވެ ޕާޓީގެ އެތެރޭގައި އަނެއްކާވެސް ވަނީ ދެބަސްވުންތައް އުފެދިފަ އެވެ. އަދި އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އިންތިގެ ކެމްޕެއިން ޓީމުން ހުށަހެޅި ވަޒީފާއިން ވަކިކޮށް ނުފޫޒު ބޭނުން ކުރުމުގެ ކުއްލި މައްސަލައާއި އެކު މަޖިލީހުގެ ތަޅުން ހޫނުވެ މެމްބަރުންގެ މެދުގައި ހޫނު ޒުވާބުތައް ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: