ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯބިގިލި ރިސޯޓް ހުޅުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެޓްމޮސްފިއާ ހޮޓެލް އެންޑް ރިސޯޓުގެ ލަގްޒަރީ ބްރޭންޑުގެ އާ ރިސޯޓެއްގެ ގޮތުގައި ކަނޑުއަޑީގެ ހިތްގައިމު ރެސްޓޯރެންޓެއް ހިމެނެހޭން އޮބްލޫ ސިލެކްޓް ލޯބިގިލި ރިސޯޓް ހުޅުވައިފިއެވެ.

ހޮސްޕިޓާލިޓީ ދާއިރާގެ މަޝްހޫރު ކުންފުނި، އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސްގެ “ކަލާ އޮފް ބްލޫ” ކޮންސެޕްޓުގައި މާލެ އަތޮޅުގައި ހުޅުވި ރިސޯޓް ހަދާފައި ވަނީ މޫދު ވިލާ އާއި ބީޗް ވިލާ ހިމެނޭ ގޮތަށް ޖުމްލަ 68 ވިލާ ހިމަނައިގެންނެވެ. މި ތަނުގައި ގިނަ އަދަދެއްގެ ރެސްޓޯރެންޓްތަކާއި ސްޕާ ވެސް ހުރެ އެވެ.

އޮބްލޫ ސިލެކްޓް ލޯބިގިލި ރިސޯޓްގައި މޫދު އަޑީގެ ރެސްޓޯރެންޓެއް ހުރެ އެވެ. މީގެ އިތުރުން ރިސޯޓުގެ އެކި ހިސާބުތަކުގައި 17 ގާޑިއާ ވެސް ބަހައްޓާފައިވެ އެވެ. އެއީ ދިވެހި ލުއި ކާނާ ލިބޭ ގޮތަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: