ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ބައި މިލިއަނަށް!

ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ބައި މިލިއަނަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި މަހުގެ 14 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް ފަސް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށެވެ.

އޭގެތެރެއިން އެންމެ ގިނަ އަދަދަކަށް ރާއްޖެ ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތުން ކަމަށާއި މިއީ ރާއްޖޭގެ ތާރީހުގައި ވެސް އެ ގައުމުން ލިސްޓުގެ ކުރި ހޯދި ފުރަތަމަ ފަހަރު ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ ފަތުރުވެރިކަމުގެ މި ކާމިޔާބީ ހާސިލު ކުރުމަށް އެކި ގޮތްގޮތުން އެހީތެރިވި އެންމެހާ ފަރާތްތަކަށް މަރުހަބާ ކިޔާ ޝުކުރު އަދާކޮށްފަ އެވެ.

ސަރުކާރުން ވަނީ މި އަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް އަމާޒު ހިފާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: