ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޯޓީއާ އެކު ލިބޭ ވަރަށް ވުރެ ބޮޑު މިންވަރެއް ޓީޗަރުންގެ މުސާރައިން އެކަނި ލިބޭނެ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ޓީޗަރުންނަށް އިތުރު ގަޑީގެ ފައިސާއާ އެކީގައި މިހާރު ލިބޭ ވަރަށް ވުރެ ބޮޑު މިންވަރެއް މުސާރަ އާއި އިނާޔަތްތަކުން އެކަނި ލިބޭނެ ގޮތަށް، ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް މިއަދު ބޮޑުކޮށްފި އެވެ.

ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރުމާ ގުޅޭ ގޮތުން ރައީސް ސޯލިހު މިއަދު ދެއްވި ހިތޯބުގައި އެ މަނިކުފާނު ވިދާޅުވީ މި މަހުން ފެށިގެން ޓީޗަރުންގެ މުސާރައަށް ބަދަލު އަންނާނެ ކަމަށެވެ.

“ޓީޗަރުންގެ މުސާރައަށް މިއަދު މި ގެނައި ބަދަލުގެ އެންމެ މުހިންމު ބޭނުމަކީ އިތުރު ގަޑީގެ ފައިސާއާ ނުލާ ވެސް އެކަށީގެންވާ ރަނގަޅު އުޖޫރައެއް ގެއަށް ގެންދަން ލިބޭނެވަރު ކޮށްދިނުން،” އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިހާތަނަށް އިތުރު ގަޑީގެ ފައިސާއާ އެކީގައި ލިބޭ ވަރަށް ވުރެ ބޮޑު މިންވަރެއް މިއަދު ގެނައި ބަދަލާ އެކު ހަމައެކަނި މުސާރަ އާއި އިނާޔަތްތަކުން ވެސް ލިބޭނެ ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ، މިއަހަރުގެ ރިޔާސީ ބަޔާނުގައި ދެންނެވި އެއް ވާހަކައަކީ، ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލެއް، މި އަހަރުގެ މޭ މަހުން ފެށިގެން ގެންނާނެ ވާހަކަ ކަމަށާއި، މި ސަރުކާރުން ތަޢުލީމަށް ބޮޑު ސަމާލުކަމެއް މިދެނީ، ވިސްނުން ތޫނު ޢިލްމީ އުފެއްދުންތެރި ހެޔޮލަފާ ޖީލެއް ބިނާކުރުމަށް ކަމަށެވެ. މިކަމުގައި ޓީޗަރުންނާއި ޓީޗަރުންގެ މަސައްކަތުގައި އެހީތެރިވެދެއްވާ އެންމެހައި މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތް ސަރުކާރުން ފާހަގަކުރާ ކަމަށާއި، އެއީ ހަމައެކަނި ލިބޭ މުސާރައަކަށްޓަކައި ކުރައްވާ މަސައްކަތެއް ނޫން ކަމަށްވެސް ގަބޫލުކުރާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: