ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓީޗަރުންގެ މުސާރަ 50 ޕަސެންޓް ބޮޑުކޮށް އާ އޮނިގަނޑު އިއުލާންކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޓީޗަރުންގެ މުސާރަ 50 ޕަސެންޓް ބޮޑުކޮށް، މުސާރައިގެ އާ އޮނިގަނޑު އިއުލާންކޮށްފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅާއެއްގޮތަށް މިއަދު ވަނީ ޓީޗަރުންގެ މުސާރަ ބޮޑުކޮށްފައިވާ ކަމަށް އިއުލާންކޮށްފައެވެ.

މިގޮތުން، އޭގެ އެންމެ ދަށު ލެވެލްގެ އީޑީއޯއަކަށް ޕެންޝަނަށް ކެނޑުމަށްފަހު 13،335ރ. ލިބޭއިރު، މި ބަދަލާއެކު 20،575ރ. ގެއަށް ގެންދަން ލިބޭނެ އެވެ. އެކި ގިންތިތަކުން އީޑީއޯސްއަށް ލިބޭ މުސާރައިގެ ކުރިއެރުން ހުރީ 54 ޕަސަންޓާއި 60 ޕަސަންޓާ ދެމެދުގަ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މި ކެޓަގަރީތަކުގެ މުވައްޒަފުންގެ އިތުރުން ތައުލީމީ ދާއިރާގައި މަސައްކަތްކުރާ އެހެން މުވައްޒަފުންގެ މުސާރަތައް ވެސް މަދުވެގެން 35 ޕަސަންޓުން އިތުރުވެގެންދާނެ ކަމަށެވެ.

ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރައަށް އައި ކުރިއެރުންތައް:

ޓީޗަރުންގެ މުސާރަ:

  • ރޭންކު 1 މުސާރަ 10،889 ރުފިޔާއިން 13،266 ރުފިއަށް (22 ޕަަަސެންޓްގެ ކުރިއެރުމެއް)
  • ރޭންކު 2 މުސާރަ 13،089 ރުފިޔާއިން 19،467 ރުފިޔާއަށް (50 ޕަަަސެންޓްގެ ކުރިއެރުމެއް)
  • ރޭންކު 3 މުސާރަ 15،135 ރުފިޔާއިން 20،895 ރުފިޔާއަށް ( 38 ޕަަަސެންޓްގެ ކުރިއެރުމެއް.

ޕްރިންސިޕަލުންގެ މުސާރަ:

  • ރޭންކް 1 : 16،000 ރުފިޔާއިން 30،000 ރުފިޔާއަށް (82 ޕަސެންޓްގެ ކުރިއެެރުމެއް)
  • ރޭންކް 2 : 20،000 ރުފިޔާއިން 33،000 ރުފިޔާއަށް (59 ޕަަަސެންޓްގެ ކުރިއެެރުމެއް)
  • ރޭންކް 3: 12،000 ރުފިޔާއިން އިން 20،000 ރުފިޔާއަށް (38 ޕަަަސެންޓްގެ ކުރިއެރުމެއް)
  • ޑެޕިއުޓީ ޕްރިންސިޕަލުންގެ މުސާރަ ރޭންކް 1: 13،000 ރުފިޔާއިން އިން 23،000 ރުފިޔާއަށް (78 ޕަަަސެންޓްގެ ކުރިއެރުމެއް)
  • ރޭންކް 2: 21،00 ރުފިޔާއިން 26،000 ރުފިޔާއަށް (55 ޕަަަސެންޓްގެ ކުރިއެރުމެއް)

އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވީ ލީޑަރުން ޓީޗަރުންނަށް މީގެ ކުރިން ދެމުން އައި 1000 ރުފިޔާގެ އެލަވަންސް ވެސް ދެ ގުނަ ބޮޑުކުރުމަށް ނިންމައިފައިވާ ކަމަށާއި މީގެ ފަހުން 2000 ރުފިޔާގެ އެލަވަންސެއް ލިބޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: