ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުންފުނިތަކުގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދާތީ ސަމާލުވާން އެދިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

އެކި ވިޔަފާރިތަކާއި ކުންފުނިތަކުގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ފޭސްބުކްގައި ޕޭޖުތަކެއް ހަދައި ޕްރޮމޯޝަންގެ ނަމުގައި ޕޯސްޓުތަކެއް ޝެއާ ކުރަމުންދާތީ، އެކަމަށް ސަމާލުވާން ފުލުހުން މިއަދު އެދިއްޖެ އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އޭގެ އިތުރުން، ހެޔޮއަގުގައި ސައިކަލު ވިއްކާކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ޕޯސްޓުތަކެއްވެސް ދައުރުކުރަމުންދާ ކަމަށެވެ.

އެގޮތުން، ސައިކަލު ގަންނަން ބޭނުންވާ މީހުންގެ އަތުން އެޑްވާންސް ފައިސާ އަދި ސައިކަލުގެ ފުލް ޕޭމެންޓް ނަގަމުންދާކަންވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން، މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މިފަދަ އެއްވެސް ކަމެއްގައި ބައިވެރިނުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އަދި ފޭސްބުކްގެ ތަފާތު އެކި ޕޭޖުތަކުގައި އެ ޕޯސްޓުތައް ޝެއާނުކުރުމަށްވެސް ފުލުހުން އެދުނެވެ.

ފުލުހުން މިގޮތަށް އެދިފައިމިވަނީ އެސްޓީއޯ ސުޕަ މާޓުގެ އިތުރުން ރެޑްވޭވްގެ ނަމުގައި ފޭކް ޕްރޮމޯޝަންތައް ހިންގާތީ ސަމާލުވާން އެދިފައިވަނިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: