ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑައިވިނަށް ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފި

ފުވައްމުލައް : މަތިން ނަގާފައިވާ ފޮޓޯއެއް ---- ގޫގުލް އިމޭޖް ރިސަލްޓސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުވައްމުލަކު ސިޓީގައި ޑައިވިނަށް ފޭބި ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ފުވައްމުލަކު ނެރު ކައިރިއަށް ޑައިވިނަށް ފޭބި މީހެއްގެ ޚަބަރެއް ނުވެގެން އެމީހާ ހޯދުމުގެ މަސައްކަތް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސްކޮޑްރަންއިން ފަށާފައިވާ ކަމަށެވެ. ގެއްލިގެން ހޯދަމުންދަނީ އުމުރުން 35 ވަރަކަށް އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެގޮތުން ޚަބަރެއް ނުވެގެން ހޯދަމުންދާ މީހާ ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިންގ ސޫޓެއް ކަމަށް އެމްއެންޑީއެފުން ހާމަކުރެ އެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައި ވަނީ މިއަދު 15:45 ހާއިރު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: