ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރި މެމްބަރުން މިއަދު އެމްޑީޕީ ހިންގާލެވޭނެ ކަމަަށް ބުނުމަކީ ބޮޑު އޮޅުވާލުމެއް: އާޒިމް

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސޮއި ކުރި އެމްޑީޕީގެ 33 މެންބަރުންގެ ތެރެއިން ބައެއް މެންބަރުން މިއަދު ފައްޔާޒަށް އެމްޑީޕީ ހިންގާލެވޭނެ ކަމަށް ބުނުމަކީ ބޮޑު އޮޅުވާލުމެއް ކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ ޕީޖީ ގްރޫޕުގެ 33 މެންބަރުން ސޮއިކޮށް މިނިސްޓަރ ފައްޔާޒުގެ އިތުބާރުނެތްކަމަށް ބުނެ، މަޖިލީހަށް ހުށަހެޅުމަށް ވަނީ އޭނާ އާއި ހަވާލު ކޮށްފައި ކަމަށެވެ. މިއަދު ހަމަ އެމެންބަރުން ފައްޔާޒަށް ޕާޓީ ހިންގާލެވޭނޭކަމަށް ބުނާ ބުނުމަކީ އެމްޑީޕީގެ އާއްމު މެންބަރުންނަށް ވަރަށްބޮޑު އޮޅުވާލުމެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

ފައްޔާޒްގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ މެންބަރުން ސޮއި ކުރީ 2020 ވަނަ އަހަރު އެވެ. ނަމަވެސް އެމައްސަލަ މަޖިލީހަށް ހުށަހަޅާފައެއް ނުވެއެވެ.

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމުގެ ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވާފައިވަނީ އަލީ އާޒިމް އެވެ. މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދަން އެންމެ ފުރަތަމަ ސޮއި ކުރެއްވީ ރައީސް މުހައްމަދު ނަޝީދު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: