ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައްޔާޒަށް މަރުޙަބާ، އެމްޑީޕީގައި ދެމިހުންނާނަން: އިންތި

އެމްޑީޕީ އެތެރޭގެ އިންތިހާބުގެ ބަހުސްގައި، އިންތި އާއި ފައްޔާޒް/ ފޮޓޯ: ސަންގު ޓީވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޗެއާޕާސަންގެ އިންތިޚާބުން ބަލިވެވަޑައިގަތްކަން ގާބޫލުކޮށް، އެ އިންތިޚާބު ކާމިޔާބު ކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ، މަރުޙަބާ ދަންނަވައިފިއެވެ.

ޗެއާޕާސަން ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)އާ ވާދަކުރައްވައި ފައްޔާޒް ކާމިޔާބު ހޯއްދެވީ 58 ޕަސެންޓުންނެވެ.

އިންތި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނިމިދިޔަ އިންތިޚާބުގައި އޭނާއާއެކު މަސައްކަތް ކޮށް ވޯޓުދެއްވި އެންމެހާ މެމްބަރުންނަށް ހިތުގެ ފުނުން ޝުކުރު ދަންނަވާ ކަމަށެވެ.

“އަޅުގަނޑުމެން މިވީހާ ދުވަހު ނަގަހައްޓަމުން މިއައި ހަމަތަކާ އަސާސްތަކުގައި މިޕާޓީއާއެކު ދެގޮތެއްނުވެ، އަބަދުވެސް ދެމިހުންނާނަން.” އިންތި ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: