ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަރުގެ އަދަބު ދިނުމާއި މެދު ރައީސް ޔާމީން ދެއްކީ ސިޔާސީ ވާހަކަތަކެއް: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނެކަމަށް ބުނެ ދައްކާފައި ވަނީ ސިޔާސީ ވާހަކަތަކެއްކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މީގެ ކުރިން ވެސް މި މައުޟޫއަށް ވާހަކަ ދެކެވުނެވެ. އޭރު އިމްރާނާއި، ބަންޑާރަ ނައިބުގެ އޮފީހުން ބުނަމުން އައީ މަސައްކަތް ކުރަނީ ޝަރުއީ ނިޒާމު ހަރުދަނާ ކުރުމަށް ކަމަށެވެ. އަދި އެކަމުގައި ގޮތް ކަނޑައަޅާނީ ދިވެހި ރައްޔިތުންގެ ހިޔާލާއި އެއްގޮތަށް ރައްޔިތުންގެ މަޖިލީހުންކަމަށް ވިދާޅުވެފައި ވެއެވެ.

މި މައްސަލައިގައި އިމްރާނާއި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ސުވާލު ކުރެއްވީ މަހިބަދޫ ދާއިރާގެ ޕީޕިއެމް މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އެވެ. ބައެއް މައްސަލަތަކުގައި މަރުގެ ހުކުމް އިއްވާފައިވާ ކުށްވެރިން ތިބި ނަމަވެސް، އެ ތަންފީޒު ނުކުރެވެނީ ކީއްވެގެން ތޯ އާއި މަރުގެ އަދަބު ތަންފީޒު ކުރާނަންތޯ ޓޮމް ކުރެއްވި ސުވާލަށް އިމްރާން ވިދާޅުވީ މަރުގެ ހުކުމްގެ މައްސަލަތަކުގައި ބައި ގަރުނުވަންދެން އަމަލުކުރަމުން ދިޔައީ މިހާރު ވެސް އަމަލުކުރާ މޮރިޓޯރިއަމްގެ އުސޫލަށް ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރަށް އިޝާރާތްކޮށް އިމްރާން ވިދާޅުވީ، މަރުގެ ހުކުމް ތަންފީޒު ކުރުމަށް މިދިޔަ ސަރުކާރުތަކުން ދެއްކީ ސިޔާސީ ވާހަކަތަކެއް ކަމަށެވެ.

ރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ބައެއް ކުށްތަަކަށް މަރުގެ އަދަބު ކަނޑައަޅާފައި ވެއެވެ. އެހެން ނަމަވެސް ފަހުގެ ތާރީހެއްގައި މަރުގެ އަދަބެއް އެއްވެސް މީހަކަށް ދީފައި ނުވެއެވެ.

މަރުގެ އަދަބު ދޭން އަލުން ފަށާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ނަމަވެސް އެމަނިކުފާނުގެ ވެރިކަން ވެސް ނިމިގެން ދިޔައީ މަރުގެ އަދަބު ތަންފީޒު ނުކުރެވިއެވެ. އަދި އޭރު މަރުގެ އަދަބު ދޭނެ ގޮތްތަކާއި މެދު ހޫނު ބަހުސްތަކެއް ވެސް ދިޔައެވެ. ރައީސް ޔާމީން އޭރު ނިންމެވީ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދިނުމަށެވެ. އަދި އެކަން ތަންފީޒު ކުރުމަށް މާފުށީ ޖަލުުގައި ވަކި ތަނެއް ވެސް ގާއިމް ކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: