ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުރަސްމީ ދަތުރެއްގައި ރައީސް ނަޝީދު އިންޑިއާއަށް!

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ނުރަސްމީ ދަތުރުފުޅެއްގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އިންޑިއާއަށް ފުރާވަޑައިގެންފި އެވެ.

މަޖިލީހުގެ އިދާރާއިން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ބުނީ، ރައީސް ނަޝީދު އިންޑިއާއަށް ފުރަވަޑައިގަތީ އަަމިއްލަ ދަތުރެއްގައި ކަމަށެވެ. އެހެންކަމުން މަޖިލީހުގެ އިދާރާއަށް އެކަމުގެ މާބޮޑެތި ތަފްސީލުތައް ނޭނގޭކަމަށް ބުންޏެވެ.

ރައީސް ނަޝީދު މިއަދު އިންޑިއާށް ފުރާވަޑައިގެންނެވި އިރު، މި އަހަރުގެ އޭޕްރިލް މަހު ވެސް އިންޑިއާށް ވަޑައިގެންނެވި އެވެ. އެއީ އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓްރީ އާއި އޮގްޒާވާ ރީސާޗް ފައުންޑޭޝަން ގުޅިގެން ކޮންމެ އަހަރަކު ވެސް ބާއްވާ، ރޮއިސިނާ ޑައިލޮގުގައި ބައިވެރިވުމަށް ކުރެއްވި ދަތުރެކެވެ.

އިންޑިއާއި ގާތް ގުޅުމެއް ބާއްވާ ރައީސް ނަޝީދު އެގައުމަށް ކުރައްވާ ދަތުރުތަކުގައި މީޑިއާތަކަށް މައުލޫމާތު ދެއްވައި ރާއްޖޭގެ ސިޔާސީ މަޝްހަރާއި ގުޅޭގޮތުން ވާހަކަ ދައްކަވަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދެމެދު ސިޔާސީ ގޮތުން ގުޅުން ގޯސްވެފައިވާކަމަށް ފުރަތަމަ ފަހަރަށް ރަސްމީ ގޮތެއްގައި ވިދާޅުވީ ވެސް އިންޑިއާގެ ނޫހެއްކަމަށް ވާ “ދަ ވިއޯން” އަށް ދެއްވި އިންޓަވިއުއެއްގަ އެވެ. އަދި ސަރުކާރާއި ކޯލިޝަނަށް ފާޑުކިއުންތައް އަމާޒު ކުރައްވައްވައި ބަރުލަމާނީ ނިޒާމު ރާއްޖެ ގެނައުމަށް ކުރައްވާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަ ދެއްކެވި އެވެ.

މިފަހަރުގެ ދަތުރުވެސް ދިމާވަނީ އެމްޑީޕީގެ ކޮންގްރެސްއަށް އެމަނިކުފާނު ހުށަހެޅުއްވި ބަރުލަމާނީ ގަރާރު އަނބުރާ ގެންދަވަން ޖެހުނު ވަގުތަކާއި އެވެ. އެމްޑީޕީ ހަރުގޭގައި އާއި ގައުމީ މަޖިލީހުގެ ވަޓްސްއަޕު ގުރޫޕުގައި އެކަމަށް ތާއީދު ހޯއްދެވުމަށް މަސައްކަތްކޮށް ގަރާރު ކާމިޔާބު ނުވެއްޖެ ނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދެކޮޅުވާން ވެސް ގޮވާލުމަށް ފަހު ރައީސް ނަޝީދު އެންމެ ފަހު ވަގުތު ހުށަހެޅުން އަނބުރާ ގެންދަވަން ޖެހިވަޑައިގަތީ ކޮން ސަބަބާއި ހުތެކަން ސާފެއް ނޫނެވެ.

އެހެންކަމުން ސަރުކާރާއި ގުޅޭގޮތުންނާއި، އެމްޑީޕީގެ ކުރިމަގާއި އަދި ކޮންގްރެސްގައި ކަން ހިނގައިދިޔަ ގޮތާއި ގުޅޭގޮތުން ރައީސް ނަޝީދު އިންޑިއާގެ މީޑިއާތަކަށް އިންޓަވިއުތައް ދެއްވުމަކީ އެކަށީގެންވާކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: