ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިވަންކަން ދިފާއު ކުރުމަށް، އެންމެން އެކީ ގުޅިގެން ނިކުންނަން ޖެހޭ: ޣައްސާން

އިދިކޮޅުން ކުރިޔަށް ގެންދިޔަ އެއްވުމެއްގައި ޣައްސާން މައުމޫން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ މިއަދުގެ ހާލަތު އޮތީ، އެންމެން ނިކުމެ ގައުމުގެ ދިފާއުގައި މަސައްކަތް ކުރަންޖެހޭ ހާލަތެއްގައިކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ޣައްސާން ކުރެއްވި ގައުމީ ދުވަހުގެ ޓުވީޓުގައި ވިދާޅުވީ، މިނިވަންކަމާއި ސިޔާސަތު ހިމާޔަތްކޮށް ރައްކާތެރި ކުރުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެއް ކަމަށެވެ. ޣައްސާން ވިދާޅުވީ، ގައުމުގެ މިނިވަންކަން ދިފާއު ކުރުން އެއީ ކޮންމެ ބައެއްގެ ފަރުދީ ޒިންމާއަކަށް ވާތީ އެ މަސައްކަތަށް އެންމެން އެކީ ގުޅިގެން ނިކުތުމަށް އާދޭސް ދަންނަވާ ކަމަށެވެ.

ގިނަ ދުވަސްތަކަށް ފަހު އިދިކޮޅުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ޓުވީޓެއް ކުރައްވައި ވިދާޅުވީ މިއަދު ހަނދާނަށް އަންނަނީ ބޮޑުތަކުރުފާނުގެ މަތިވެރި ޖިހާދުގެ މަތީން ނަމަވެސް ދުވަސް ފާހަގަ ކުރަން ޖެހިފައި ވަނީ ހިތާމައާއި މާޔޫސްކަމާއި އެކު ކަމަށެވެ. އަދި މިއީ ބަނަވަމުން ދާ ހިތްދަތި ދުވަސްތަކެއްގެ ގޮތުގައި ސިފަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ދުވަހުގެ ތަހުނިޔާ ފޮނުވަން ޖެހިފައި ވަނީ ހިތާމާއާއި ފުން އަސަރުގެ ކަރުނައާއި އެކު ކަމަށެވެ.

އިދިކޮޅު ކޯލިޝަނުގެ ގިނަ ލީޑަރުން މިއަދު ޓުވީޓު ކުރައްވައި ވަނީ ރާއްޖޭގެ މިނިވަންކަމާއި، އިސްތިގުލާލަށް ބޫރުއަންނަ އެތައްކަމެއް ސަރުކާރުން ކުރަމުންދާކަމުގެ ތުހުމަތުކޮށްފަ އެވެ. އަދި ސަރުކާރުގެ ތެރެއަށް އަވައްޓެރި އިންޑިއާގެ ނުފޫޒު ވެދެފައި އޮތުމާއި އެ ގައުމުގެ ސިފައިން ރާއްޖޭގައި ހަތިޔާރާއި އެކު ތިބޭ ތިބުމަށް ނިމުމެއް އެ ޕާޓީން ގެންނާނެކަމަށް ވަނީ ބުނެފަ އެވެ.

މި މަސައްކަތްތަކަށް އިދިކޮޅުން، އިންޑިއާ އައުޓްގެ ނަމުގައި ހަރަކާތެއް ފެށި ނަމަވެސް އެ ހުއްޓުމެއް އައީ މިއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ކަނޑައަޅައި ރައީސުލްޖުމްހޫރިއްޔާ ގަރާރެއް ނެރުއްވުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: