ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީފާއާއި ސަބްސިޑީ ދީފައި، ބަޖެޓު ކުޑަ ނުކުރެވޭނެ: ޝަރީފް

އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް - ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންނަށް ދެމުންދާ ހުރިހާ ހިދުމަތަކަށް ސަރުކާރުން ސަބްސިޑީ ދޭއިރު ސަރުކާރުގެ ބަޖެޓު ކުޑަކުރުމަކީ ކުރެވޭނެކަމެއް ނޫންކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅަނީ، 41 ބިލިއަން ރުފިޔާގެ ބަޖެޓެއްކަމަށް ސަރުކާރުން ހާމަކުރުމުން އެކަމަށް ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ. ހާއްސަކޮށް އިގްތިސާދީ އަދި މާލީ ގޮތުން ދަތިތަކެއް ދިމާވެފައިވާ ވަގުތެއްގައި އެހާ ބޮޑު އަދަދެއްގެ އަންދާޒާ ކުރުމަކީ ރަނގަޅު ނިންމުމެއް ނޫންކަން ގިނަ ބަޔަކު ފާހަގަކުރި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މި މަހުގެ 31 ގައި ރައްޔިތުންގެ މަޖިލީހަށް، އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ހުށަހަޅާ ދެއްވާނެ އެވެ. އެހެންކަމުން ބަޖެޓުގައި ދާއިރާތަކަށް އަންދާޒާ ކުރާ އަދަދާއި، ދާނެ ހަރަދުތަކާއި ބެހޭ މާބޮޑު ތަފްސީލީ މައުލޫމާތުތަކެއް ނޭނގެ އެވެ.

އާއްމުންގެ ފާޑުކިއުންތަކާއި، އިދިކޮޅުގެ ނުރުހުން އަމާޒުވެފައި ވާތީ ޝަރީފް ޓުވީޓެއް ކުރައްވައި ވިދާޅުވީ ދިވެހިރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައަކަށް ވަޒީފާގެ ފުރުސަތު ދީފައިވަނީ ސަރުކާރުން ކަމަށެވެ. އަދި ދިވެހިރާއްޖެއަކީ ސަރުކާރުން ދެމުންދާ ހުރިހާ ހިދުމަތެއް ސަބްސިޑައިޒް ކުރެވިފައިވާ ގައުމަކަށް ވުމުން ބަޖެޓު ކުޑަކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ސަރުކާރުން ވަކި ސަބްސިޑީސްތަކެއް ތައާރަފު ކުރުމަށް ނިންމާފައިވާ ނިންމުމަކީ ރަނގަޅު މިސްރާބެއްކަން އޭނާ ފާހަގަކުރި އެވެ.

ބެލެވޭ ގޮތުގައި ޝަރީފްގެ ޓުވީޓުގައި އެ އިޝާރާތް ކުރެއްވީ، ސަރުކާރުން ދޭ ތެލުގެ ސަބްސިޑީ އެންމެ ބޭނުން ޖެހިފައިވާ ރައްޔިތުންނަށް ލިބޭނެ ގޮތަށް ސަބްސިޑީގެ ސިޔާސަތު ބަދަލު ކުރުމުގެ މަސައްކަތަށެވެ. ގައުމުގެ

އެތެރޭގެ ހަރަދުތަކާއި ގުޅޭގޮތުން ޝަރީފްގެ ވިސްނުން ހިއްސާ ކުރި ނަމަވެސް، ކުޑަކުރުމަށް ގޮވާލާ ހަރަދުތަކުގެ ތެރޭގައި ހިމެނެނީ ދަތުރުތަކާއި، ބައެއް އެލަވަންސްތަކާއި، ސިޔާސީ މަގާމުތަކަށް ދޭ ބޮޑެތި އިނާޔަތްތަކެވެ.

ކޮންމެ އަހަރެއްގެ ބަޖެޓުގައި ވެސް ސިޔާސީ މަގާމުތަށް އިތުރު ކުރާތީ، އެކަމާއި ބެހޭ ތަފްސީލުތައް ހިމަނާފައި ހުރެ އެވެ. އަދި 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ އަދަދުތަކައި، ދަތުރުތަކުގެ ހަރަދުތައް ފާހަގަކުރެވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: