ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓާޓާއިން ފެލްޓުތަކުގެ ބިލްޑިން ކޯޑެއް ނެތް، ޖަހަނީ ކުޑަވާ އިނގިލި ވަރުގެ ދަނގަނޑު: ސައީދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ބޯހިޔާވަހިކަމަށް އިސްކަމެއް ދީގެން ހިންގަން އިއުލާނު ކުރި މަޝްރޫއަށް އިންޑިއާގެ ޓާޓާ ކުންފުންޏާއެކު ވި އެއްބަސްވުން އަލުން އިޔާދަކޮށް އިމާރާތް އެޅުމަށް ޖަހާ ދަނގަނޑުތަކުގެ ކޮލިޓީއާއި މެދު މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ސުވާލު އުފައްދައިފި އެވެ.

ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި، ކުރީގެ ނާދީ ހުރި ބިމުގައި ލަގްޒަރީ ފްލެޓުތައް އެޅުމަށް އިންޑިއާގެ ޓާޓާ ކުންފުންޏާއި އެކު ހެދު އެއްބަސްވުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އުވާލުމުން އެ ކުންފުންޏަށް ބަދަލެއްގެ ގޮތުގައި އެ ދެ ބިމާއި އަދި ފަޅު ވެސް އަލުން ދިނުމަށް މި ސަރުކާރުން ވަނީ ނިންމާފަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ބޯހިޔާވަހިކަމަށް އިސްކަމެއް ދީގެން ހިންގަން އިއުލާނު ކުރި މަޝްރޫއަށް އިންޑިއާގެ ޓާޓާ ކުންފުންޏާއެކު ވި އެއްބަސްވުން ސެޓްލްމެންޓް އެގްރީމެންޓަކަށް މި ސަރުކާރުން ބަދަލު ކުރުމުން ސައީދު މީގެ ކުރިން ވެސް އެކަމަށް ފާޑުވިދާޅުވި އެވެ.

ކުރީގެ ނާދީ ހުރި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުންޏާއި ހަވާލުކޮށްގެން އަޅާ އިމަރާތުގެ ބިލްޑިން ކޯޑު ހޯދުމަށް ކުރި މަސައްކަތަށް އެއްވެސް ކުރިއެރުމެއް ނުލިބުނުކަން ފާހަގަކޮށް ސައީދު ވިދާޅުވީ ހައުސިން މިނިސްޓްރީން އާއި މިނިސްޓަރު އަސްލަމަށް މި އެއްބަސްވުމުން ލިބުނު ފައިދާ ހުންނާނެ ކަމަށެވެ. އިމާރާތް އެޅުމަށް ޖަހާ ދަނގަނޑުތަކުގެ ކޮލިޓީއާއި މެދު ސުވާލު އުފައްދައި ސައީދު ވިދާޅުވީ މިއީ 15 ފްލޯގެ އިމާރާތެއް އަޅަން ޖެހޭ ގޮތް ނޫން ކަމަށެވެ.

ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ނާދީ ހުރި ބިމުގައި ލަގްޒަރީ ފްލެޓް އެޅުމަށް ޓާޓާ ކުންފުންޏާއި އެކު ރައީސް ނަޝީދުގެ ސަރުކާރުގައި ހެދި އެއްބަސްވުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބާތިލު ކުރެއްވީ އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ކުރިޔަށް ނުދާތީ އެވެ. އެ މައްސަލައިގައި ޓާޓާ ކުންފުނިން އާބިޓްރޭޝަނަށް ހުށަހެޅީ ބަދަލެއްގެ ގޮތުގައި 200 މިލިއަން ޑޮލަރު ނުވަތަ ދިވެހި ފައިސާއިން ނަމަ ތިން ބިލިއަން ރުފިޔާ ހޯދުމަށެވެ.

ޓާޓާ އެއްބަސްވުމުގެ ދަށުން ގާކޮށި އާއި ކުރީގެ އަރަބިއްޔާ ބިމުގައި 280 ފްލެޓު އެޅުމަށް ނިންމައި ބަދަލެއްގެ ގޮތުގައި، މަތީ ފެންވަރުގެ ފްލެޓް އަޅައި ވިއްކަން އޯޑިއޯން ހުރި ބިމާއި ނާދީ ހުރި ބިމުގެ އިތުރުން ރިސޯޓެއް ހަދަން ޅ. ޅޮއްސަލަފުށި ވެސް ޓާޓާ އަށް ދޭން ރައީސް ނަޝީދުގެ ސަރުކާރުން އެއްބަސްވި އެވެ. މިހާރު އަލަށް މި ސަރުކާރުން އެއްބަސްވީ ޅޮއްސަލަފުށި އެއްކޮށް ދިނުމުގެ ބަދަލުގައި، ރަށުން ބިމެއް ލަގްޒަރީ ވިލާ އަޅަން ދޫކުރާ ގޮތަށެވެ.

ސަރުކާރަށް މައްސަލައިގައި ތުހުމަތުތަކެއްކޮށް އިދިކޮޅުން ބުނެފައި ވަނީ ވެރިކަމުގައި ފްލެޓުތައް އަޅަން ދިންތަ 14 އަހަރުވީއިރު ވެސް އެއްވެސް މަސައްކަތެއް ނުފެށުނު ކަމަށެވެ. އެގޮތުން މައްސަލައިގައި މީގެ ކުރިން ސައީދު ވިދާޅުވި ގޮތުގައި ޓާޓާއަށް ދޫކޮށްފައިވާ ރަށުގައި ރިސޯޓުގެ މަސައްކަތް ނިމުމުން 45 މިލިއަން ޑޮލަރުގެ ފައިދާއެއް ނަގާނެ އެވެ. އަދި ވިދާޅުވީ 99 އަހަރުގެ މުއްދަތަކަށް ރަށް ދޫކުރުމުން، ފުރަތަމަ 15 އަހަރުން އެކަނި ވެސް ޓާޓާއަށް 675 މިލިއަން ޑޮލަރުގެ ވިޔަފާރިވާނެ ކަމަށެވެ. އޭގެއިން 200 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދަކުން ފައިދާ ނަގާނެކަމަށް ސައީދު ވިދާޅުވި އެވެ.

ޓާޓާއަށް ބަދަލު ދިނުމާ ގުޅޭ ގޮތުން ޕްލޭނިން މިނިސްޓްރީން ބުނީ ބުނީ ދެ ފަރާތުން މަޝްވަރާކޮށްގެން، ކޯޓުން ބޭރުގައި މައްސަލަ ނިންމައިފައި ވަނީ އާބިޓްރޭޝަންގައި އެ މައްސަލަ ޓާޓާއަށް ކާމިޔާބުވުމުގެ ފުރުސަތު ބޮޑު ކަމަށް ގާނޫނީ ޓީމުން ލަފާ ދީފައިވާތީ ކަމަށެވެ.

ގިނަ އެއްބަސްވުންތައް އެކުލަވާލާއިރު އެ ދާއިރާއަކާއި ގުޅުން ހުރި އިދާރާ ނުވަތަ މުވައްސަސާއަށް ވެސް އޭގެ ރަނގަޅު މައުލޫމާތުތައް ނޭނގޭކަން ފާހަގަކޮށް ސައީދު ވިދާޅުވީ ބަންޑާރަ ނައިބުގެ އޮފީހަށް ވެސް އެ މައުލޫމާތުތައް ނޭނގޭއިރު ދެން މަޖިލީހުގެ މެމްބަރުންނާއި ހަމައަށް އެ ތަފްސީލު އަންނާނެ ގޮތެއް ނެތް ކަމަށެވެ. ރާއްޖޭގެ އެއާސްޕޭސް އާއި، ކަނޑުގެ ސަރަހައްދާއި ގުޅުން ހުރި ސިއްރު އެއްބަސްވުންތަކެއް އެކުލަވާލިކަމުގެ ތުހުމަތުތަކެއް ކުރައްވައި ސައީދު ވިދާޅުވީ ދައްޕަރު ވެސް ސަލާމަތް ކުރެވުނީ ކިރިޔާ ކަމަށެވެ. އަދި އޭގެ ފަހުން މިހާރު އަނެއްކާވެސް ހޯރަފުށީ ފަޅުގައި އޮތް ހުނަހަންދޫ ވިއްކާލަން ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ސައީދު ވިދާޅުވި އެވެ.

ރާއްޖެއަށް އިންޑިއާގެ ނުފޫޒު މިހާ ބޮޑަށް އޮންނަން ޖެހޭ ސަބަބާއި މެދު ސުވާލު އުފައްދައި ސައީދު ވިދާޅުވީ ގައުމުގެ ދަށުވެގެން ތިބެން ޖެހިފައި ވަނީ ވެސް އެތައް އެއްބަސްވުންތަކެއްގެ ހަގީގަތް ނޭނގި ކަމަށެވެ. އެގޮތުން ސައީދު ފާހަގަ ކުރެއްވީ އައްޑޫ ޕޮލިސް އެކަޑެމީގެ އެއްބަސްވުމުގެ ތަފްސީލު ދޭން ސަރުކާރުން ދެކޮޅު ހެދުމެވެ.

“ކީއްވެގެން ތޯ އަޅުގަނޑުމެންނަށް އިންޑިއާ ކައިރިން ސަލާމަތް ނުވެވިގެން މިއުޅެނީ.. އެ މީހުންގެ ސެޓަލައިޓް ގައުމަކަށް ނުވަތަ ޕްރޮކްސީއަކަށް އަޅުގަނޑުމެން ވާން ޖެހޭތޯ؟.. ދެން ގޮސް އައްޑޫ ސިޓީގެ ޕޮލިސް އެކަޑެމީ.. އުޅެ އުޅެ އަޅުގަނޑުމެންނަކަށް މިކަމާއި ގުޅޭ އެއްބަސްވުމެއް ނުފެނުނު.. އަޅުގަނޑުމެންނޭ މިކިޔަނީ ރައްޔިތުންގެ މަޖިލީހަކަށް ވެސް ނުލިބުނު”

ރާއްޖޭގެ އެތައް ސަރަހައްދެއް ވިއްކާލުމަށް ފަހު، ދެވަނަ ދައުރެއް ދޭން ސަރުކާރުން އެދެމުން ދަނީ ކޮން ހަމަޔަކުން ތޯ ސައީދު ވިދާޅުވި އެވެ. އަދި އިތުރު ދައުރެއް އެމްޑީޕީއަށް ދީގެން މި ދިވެހި ގައުމު ސަލާމަތުން ނޯންނާނެކަމަށާއި ގައުމުގެ މިނިވަންކަން އޮންނާނީ އެހެން ބައެއްގެ އަތް މަތީގައިކަމަށް ސައީދު ވިދާޅުވި އެވެ.

ޓާޓާ އެއްބަސްވުމުގެ ދަށުން ގާކޮށި އާއި ކުރީގެ އަރަބިއްޔާ ބިމުގައި 280 ފްލެޓު އެޅުމަށް ނިންމައި ބަދަލެއްގެ ގޮތުގައި، މަތީ ފެންވަރުގެ ފްލެޓް އަޅައި ވިއްކަން އޯޑިއޯން ހުރި ބިމާއި ނާދީ ހުރި ބިމުގެ އިތުރުން ރިސޯޓެއް ހަދަން ޅ. ޅޮއްސަލަފުށި ވެސް ޓާޓާ އަށް ދޭން ރައީސް ނަޝީދުގެ ސަރުކާރުން އެއްބަސްވި އެވެ. މިހާރު އަލަށް މި ސަރުކާރުން އެއްބަސްވީ ޅޮއްސަލަފުށި އެއްކޮށް ދިނުމުގެ ބަދަލުގައި، ރަށުން ބިމެއް ލަގްޒަރީ ވިލާ އަޅަން ދޫކުރާ ގޮތަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: