ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކްރިމިނަލް ކޯޓުގެ ޔޫޓިއުބް ޗެނަލްއިން ރައީސް ޔާމީންގެ ހުކުމް މަޖިލިސް ”ގެއްލިއްޖެ“

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް/ ފޮޓޯ: އަރީހު
ޝެއާރކޮށްލާ ކަހަލަދޯ؟

މމަނީލޯންޑްރިން އާއި، ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް އިއްޔެ ކްރިމިނަލް ކޯޓުން ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ މައްޗަށް އިއްޔެ ކުރި ހުކުމްގެ ވީޑިއޯގެ ސްޓްރީމިން ޑިލިޓުކޮށްލައިފި އެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް އިއްވި ހުކުމްގެ ލައިވް ސްޓްރީމް ކުރިއެވެ. އަދި “ސަންގު” ހިމެނޭހެން، ބައެއް ޓީވީ ސްޓޭޝަންތަކުން ހުކުމް އިއްވުމުގެ މަޖިލިސް ލައިވް ކުރި އެވެ.

ރައީސް ޔާމީންގެ ފަރާތުން ޝަރީއަތް ލައިވް ކުރުމަށް ތަކުރާރުކޮށް، އެދި ހުށަހެޅުމުން އެގޮތަށް ނިންމައި ސްޓްރީމް ކުރަން ފެށީ ހެއްކާއި ބެހޭ މަރުހަލާ ހަމައިންނެވެ. އަދި ގއ. ވޮޑަމުލާގެ ހުރިހާ އަޑުއެހުމެއް، ކްރިމިނަލް ކޯޓުގެ ޔޫޓިއުބް ޗެނަލުން ލައިވް ކުރި އެވެ. އެ ހުރިހާ އަޑުއެހުންތަކެއް އަދިވެސް ފެންނަން ހުރިއިރު، ޑިލީޓުކޮށްލާފައި ވަނީ ހަމައެކަނި އާރަށުގެ ހުކުމް އިއްވުމުގެ މަޖިލީހެވެ.

މި މައްސަލައިގައި ގާނޫނީ ވަކީލުން ވިދާޅުވީ، ޝަރީއަތުގެ ލައިވް ސްޓްރީމް ޔޫޓިއުބުން ނަގާފައިވާކަން ސަމާލުކަމަށް އައިސްފައިވާކަމަށާއި ނަމަވެސް ވަކީލުންގެ އަރުގައި ޝަރީއަތުގެ ވީޑިއޯ އެބައޮތްކަމަށެވެ. އަދި ރާއްޖޭގެ މީޑިއާތަކުން ޝަރީއަތް ލައިވް ކުރިކަން ފާހަގަކޮށް، ވަކީލުން ވިދާޅުވީ ހުކުމުގެ ލިޔުން ލިބުމާއި އެކު ކޮންމެ އަކުރެއް ވަކިން ބަލައި ދިމާވޭތޯ ހޯދާނެ ކަމަށެވެ.

ކޯޓުން މައްސަލަތަކުގައި ހުކުމް އިއްވާ ދުވަހަކު، ”ޝަރީއަތް ނިމުނު ގޮތުގެ އަސްލު“ އެ މައްސަލައިގައި ހިމެނޭ ފަރާތަކަށް ދޫކުރަން ޖެހޭނެކަމަށް ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަނުގައި ވެއެވެ. ނަމަވެސް ރައީސް ޔާމީނަށް ކުށް ސާބިތުވާކަމަށް ކަނޑައެޅިތާ، 24 ގަޑިއިރު ވީއިރު ވެސް ހުކުމާއި ގުޅޭ ލިޔުންތައް ވަކީލުންނަށް ދޫކޮށްފައި ނުވެ އެވެ.

ވަކީލުން ވަނީ، ތަކުރާރުކޮށް ކްރިމިނަލް ކޯޓަށް ގޮސް ސުވާލު ކުރުމުން އިތުރު ވަގުތު ދޭން ކޯޓުން ބުނަމުން ދާކަމަށް ފާހަގަކޮށްފަ އެވެ. މި މައްސަލައިގައި ވަކީލުންގެ އެންމެ ތުހުމަތަކީ، ހުކުމެއް ނުލިޔެ ހުކުމް އިއްވުމެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލު، ޑރ. ޖަމީލް އަހުމަދު ވިދާޅުވީ 09:00 އަށް ހުކުމް އިއްވުމގެ މަޖިލިސް ތާވަލު ކުރުމަށް ފަހު، އަޑުއެހުން ފެށީ 12:00 އާއި ގާތްވެފައި ވަނިކޮށް ކަމަށެވެ. އެހެންކަމުން 11 އަހަރު ދުވަހުގެ ހުކުމެއް އިއްވި ޝަރީއަތުގައި ހުކުމް އިއްވީ ޝަރީއަރުގެ ރިޕޯޓު ތައްޔާރު ނުކޮށް ތޯ އޭނާ ސުވާލު އުފެއްދި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: