ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް އިމާރާތަށް މެމްބަރުންނާއި މުވައްޒަފުންނަށް ހާއްސަ ޖިމެއް!

ރައްޔިތުންގެ މަޖިލިހުގެ ރައީސް ނަޝީދު، މަޖިލިސް އިދާރާގެ ޖިމް ހުޅުއްވައި ދެއްވަނީ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ޖިމެއް ހުޅުވައިފި އެވެ.

މަޖިލީހުގެ އައު އިމަރާތާއި އެކު، ތަނުގައި ޖިމަކާއި ރެސްޓޯރަންޓުގެ ހިދުމަތް ދިއުމަށް ކުރިން ވެސް އޮތީ ނިންމާފަ އެވެ. މުވައްޒަފުންނާއި، މެމްބަރުންނަށް ހާއްސަކޮށް ތަރައްގީ ކުރި ޖިމް ހުޅުވާފައި ވަނީ މިއަދު އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން މަޖިލީހުން ބުނީ 12 ވަނަ ފްލޯގައި ޖިމެއް ގާއިމު ކުރީ ޕާކިސްތާނުގެ ސަރުކާރުން ދީފައިވާ ހިލޭ އެހީގެ ދަށުން ކަމަށެވެ. އަދި ތަން ބޭނުން ކުރެވޭނީ، މަޖިލިސް މެމްބަރުންނާއި ތަނުގެ މުވައްޒަފުންނަށް އެކަނިކަމަށް ބުންޏެވެ.

މަޖިލީހުގައި ޖިމެއް ހެދުމަށް ފުރަތަމަ ހުޅުވާލީ 2020 ގަ އެވެ. އެކަމަކު އޭރު އެކަށީގެންވާ ވަރަށް ހުށަހެޅުންތައް ލިބިފައި ނުވާތީ އޭގެ ޖެހިގެން އައި އަހަރު ވެސް ރެސްޓޯރަންޓާއި ފިޓްސްނަސް ސެންޓަރު ހިންގަން ބަޔަކު ހޯދުމަށް ހުޅުވާލި އެވެ.

އެ ނިންމުމާއި އެކު ރެސޓޯރަންޓާއި ފިހާރައިގެ މަސައްކަތް ފެށުމަށް ތާވަލުކޮށްފައި އޮތް ނަމަވެސް އަދި އެ މަސައްކަތް ފެށިފައި ނުވެ އެވެ. ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، މަޖިލީހުގެ މެމްބަރުން ކެއުންތަކަށް ހަރަދު ކުރަން ޖެހޭ ގޮތަށް ހަދާ އެ ރެސްޓޯރަންޓާއި އެކު އިދާރާގެ ހަރަދުތައް ކުޑަ ކުރެވޭނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: