ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައެއް ބޭފުޅުން ރައީސަށް ތާއީދު ނުކުރަނީ، ބޭނުންވާ ބާރެއް ގެއްލިދާނެ ތީ: ސަމީރު

ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގެ އިތުރު ދައުރަކަށް ގެނައުމަށް ތާއީދު ކުރައްވައި، ޕާޓީގެ ކެމްޕެއިން ޖަލްސާއެއްގައި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވާހަކަ ދައްކަވައިފި އެވެ.

އަންނަ މަހުގެ 15 ގައި ބާއްވާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީން ވާދަ ކުރައްވަނީ އިބްރާހިމް ޝާޒެވެ. ކެމްޕެއިން ރަސްމީކޮށް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީން ވަކިވި ސަމީރު ވިދާޅުވީ އޭނާ ހުރީ ވަރަށް ސާބިތުކަމާއި އެކު ނިކުމެ ރައީސް ސޯލިހަށް އިންތިހާބު ކާމިޔާބުކޮށް ދޭން ތައްޔާރަށް ކަމަށެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލުން ނިންމުމާއި އެކު، އެކަން ގަބޫލު ނުކޮށް ސަމީރު އެރޭ ޕާޓީން ވަކިވެވަޑައިގެންނެވި އެވެ. އަދި ޖޭޕީގެ ކައުންސިލުން އިސްތިއުފާ ދެއްވައި ވިދާޅުވީ ޖޭޕީގެ ނިންމުމަކީ އެއީ ގައުމަށް މިވަގުތު އެންމެ ފައިދާ ހުރި ނިންމުންކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ސަމީރު ވިދާޅުވީ، އޭނާ ޖުމްހޫރީ ޕާޓީން އިސްތިއުފާ ދިން ފަހުން އަންނަ އެންމެ ބޮޑު ސުވާލަކީ ދެން ގުޅޭނެ ސިޔާސީ ޕާޓީއަކާއި ގުޅޭގޮތުން ކަމަށެވެ. އަދި އާއިލާގެ މެމްބަރުންގެ ހިޔާލަކީ އެމްޑީޕީއާއި ރައީސް ސޯލިހާއި އެކު ކުރިޔަށް ދިއުންކަމަށް ވިދާޅުވި އެވެ.

މިހާތަނަށް އިތުރު ޕާޓީއަކަށް ސޮއި ކުރުމަށް ނިންމާފައި ނުވާކަން ފާހަގަކޮށް ސަމީރު ވިދާޅުވީ، މި ސަރުކާރާއި އެކު މަސައްކަތް ކުރަން ފަށައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ބުނަމުން އައި އެއް ވާހަކައަކީ ރައީސް ސޯލިހާއި އެކު ކުރިޔަށް ދިއުން ކަމަށެވެ.

އެހެންކަމުން، ރައީސް ސޯލިހު ދެވަނަ ދައުރަކަށް ގެނައުމަށް ކެރިގެން މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވިކަމަށް ސަމީރު ވިދާޅުވި އެވެ. ބައެއް ބޭފުޅުންގެ ހިތްހަމަނުޖެހުން ރައީސް ސޯލިހާއި މެދު ހުރި ސަބަބެއްކަމަށް ސަމީރު ވިދާޅުވެފައި ވަނީ އެ މީހުންނަށް ނުލިބޭ ފުރުސަތުތަކާއި ތާއީދު ރައީސަށް ލިބުމެވެ.

މީގެ ކުރިން ވެރިކަމުން ފެނިގެން ދިޔައީ އަނިޔާވެރިކަން ނަމަވެސް، ރައީސް ސޯލިހުގެ ވެރިކަން ތަފާތުކަމަށް ސަމީރު ވިދާޅުވި އެވެ. ކުރީގެ ދައުރުތަކުން ފެނިގެން ދިޔަ އެއްވެސް އަނިޔާވެރިކަމެއް، އަދި ރައްޔިތުންނާއި ދެކޮޅު ކަންތަކެއް ފާހަގަ ނުކުރެވޭކަމަށް ވެސް ސަމީރު ވަނީ ވިދާޅުވެފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިޝާރާތް ކުރައްވައި ސަމީރު ވިދާޅުވީ، ސިޔާސީ ގޮތުން ވާދަވެރިންގެ ގޮތުގައި ތިއްބެވި ލީޑަރުންނަށް ރައީސް ޔާމީން ދެއްކެވީ ކުޑަގޮޅި ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލެވޭ އުމުރުފުރައަށް ގެނައި ބަދަލުތައް ފާހަގަ ކުރެއްވި އެވެ.

ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދިނުމަށް ތަކުރާރު ކުރައްވައި، ސަމީރު ވިދާޅުވީ އެމަނިކުފާނު ރާއްޖެއަށް ތަރައްގީ ގެނެސްދެއްވީ ކުޑަރަށެއް ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: