ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިބުރާ، ނަޝީދަށް: އަަބަދު ނުތިއްބަސް ކޮންމެވެސް އެއް ވަގުތަކު ހަމައިގަ ތިބެންވާނެ!

ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

ސަރުކާރުން މަންދު ކޮލެޖަށް ބަދަލު ދިން މައްސަލާގައި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބަހުގެ ހަމަލާތަކެއް އަމާޒު ކޮށްފިއެވެ.

އެއްބަސްވުމާ ހިލާފަށް މަންދު ކޮލެޖް ކުރިން ހިންގި އިމާރާތުން އެ ފަރާތްތައް ނެރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގައި 15،012،500 (15 މިލިއަން) ރުފިޔާ ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ކުރީގެ އެމްއީއޭސް ސްކޫލު ހުރި ބިމުން، ޝަރީއަތުގެ އަމުރެއް ނެތި މަންދު ކޮލެޖު ބޭރުކޮށްލުމުން ބަދަލުގެ ގޮތުގައި 18,012,500 (18 މިލިއަން) ރުފިޔާ ހޯދުމަށް އެ ކޮލެޖުން ވަނީ ދައުވާކޮށްފައެވެ.

ނަމަވެސް ދެ ފަރާތުން ވާހަކަދެއްކުމަށް ފަހު ވަނީ އެ އަދުދު 15 މިލިއަނަށް ކުޑަކޮށްފައެވެ.

މިއީ ކޯޓުން ބޭރުން ނިހާއީ ހުކުމެއް ނެތި، ވީ އެއްބަސްވުމެެކެވެ. އަދި މި މައްސަލައިގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ލަފާ ދިނީ، 1.5 މިލިއަން ބަދެއްގެ ގޮތުގައި ދިނުމަށް ނަމަވެސް ދައުލަތުން އެއްބަސްވީ މަންދުއަށް 15 މިލިއަން ރުފިޔާ ދިނުމަށެވެ.

މި މައްސާލަގައި ސަރުކާރަށާއި އިބްރާއަށް ގިނަ ފާޑުކިޔުން އަމާޒުވަމުން އަންނަ އިރު، މިމައްސަލާގައިއޮޓިޓާ ޖެނެރަލް އެކުލަވާލި އެސެމަންޓް ރިޕޯޓާއިއެކު މިމައްސަލަ ބަލައި ދިނުމަށް މަޖިލިސް ރައީސް ނަޝީދު ވަނީ މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައެވެ.

މިކަމާ ގުޅިގެން އިބްރާ ވަނީ ދިވެހި ދައުލަތުން އޭނާގެ ހައްގަކަށް އަރައިގަނެ، މުދާ ފޭރިއްޖެ ކަމަަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން ވެސް ނަޝީދު އެކަމާ ބެހެނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.

"ދެން ތިވަރަަށް މަގޭ ހައްގަކަށް ތި ހުރަސް އަޅަނީ ކޮންކަމަކާ، އަންނި ކަނޑައެޅިވަރަށް ވުރެ އިތުރަށް މަށަށް ހައްގުވާ ކަމަށް މަ ދެކޭތީ؟." އިބްރާ ވިދާޅުވިއެވެ.

އިބްރާ ވިދާޅުވީ އޭނާގެ އެއްބަނޑު މީހުންނާއި ގާތްތިމާގެ މީހުން ދައުލަތުގެ މަގާމުތަކުގައި ތިބުމަކީ އޭނާއަަށް ލިބެން ޖެހޭ ހައްގަކުން މަހްރޫމް ކުރަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

 

 

ވަރަށް ގަދަ
25%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: