ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ކަނޑުގެ ޗާޓު ވިއްކައިގެން އިންޑިއާއަށް މާލީ މަންފާތަކެއް!

އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި ހެލިކޮޕްޓަރު ބަލަހައްޓަން ވެސް 25 އިންޑިއާ ސިފައިމް، އަދި ޑޯނިއާއަށް ވެސް 25 ސިފައިންތިބޭ/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ކަނޑުތަކުގެ ސިފަތަކާއި ކަނޑުގެ ސަރަހައްދުގެ ޗާޓުތައް ކުރަހައި ދެނެގަނެ ދިރާސާކުރުމަށް އިންޑިއާއާ އެކު ހަދާފައިވާ ހައިޑްރޯގްރަފީ އެއްބަސްވުމުން އެ ގައުމަށް މާލީ ބޮޑު ފައިދާއެއް ލިބޭނެކަން ހާމަވެއްޖެ އެވެ.

ރާއްޖެއިން އިންޑިއާއި އެކު ހަދާފައިވާ އެއްބަސްވުންތަކުން ގައުމުގެ ސަލާމަތަށް ނުރައްކާވާކަމަށް ބުނެ، ހުށަހަޅާފައިވާ މައްސަކައިގައި ގައުމީ ދިފާއީ ބާރުގެ އިސް ވެރިންނާއި ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީން ވަނީ ބައްދަލުކޮށްފަ އެވެ.

ކޮމިޓީގައި މަޝްވަރާކޮށްފައި ވަމީ ޑޯނިއާ މަތިންދާބޯޓާއި ހައިޑްރޯގްރަފީ ސާވޭއާއި ގުޅޭގޮތުންނެވެ. މި ކޮމިޓީގައި އެމްއެންޑީއެފްއިން ވަނީ އެ މައުލޫމާތުތައް ހިމެނޭ ޕްރެޒެންޓޭޝަނެއް ހުށަހަޅާފަ އެވެ. ނަމަވެސް އެބައި ކުރިޔަށް ގެންދިޔައީ ސިއްރު ބައެއްގެ ގޮތުގަ އެވެ.

ހައިޑްރޯގްރަފީ އެއްބަސްވުމާއި ގުޅޭގޮތުން ސުވާލުތަކެއް އުފެދިފައިވަނިކޮށް ކޮމިޓީ ބައްދަލުވުމުގައި، އެމްއެންޑީއެފްގެ ލެފްޓިނެންޓް ކާނަލް ހަސަން އާމިރު ވިދާޅުވީ މި އެއްބަސްވުން ގާއިމްކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުން ސޮއިކުރި ޑިފެންސް ކޯޕަރޭޝަން އެއްބަސްވުމުގެ ދަށުން ކަމަށެވެ. އާމިރު ވިދާޅުވީ ގޮތުން އޭރު އެއްބަސްވީ ދެ ގައުމަށް ހަމަހަމަ އުސޫލުން ފައިދާވާނެ ގޮތަށް، އަދި ގާނޫނީ އިމުގެ ތެރެއިން ކުރެވޭ މަސައްކަތަށް ފަހު، ޗާޓަރު މެދުވެރިކޮށް އާމްދަނީއެއް ހޯދުމަށެވެ.

އާމިރު ވިދާޅުވީ ބޭރު ބަޔަކަށް އެ ވިއްކުމުން އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ރޯޔަލްޓީއެއްގެ ގޮތުގައި 25 އިންސައްތަ ދައްކާނެ ކަމަށެވެ. އަދި އިންޑިއާގެ ވަރަށް ބޮޑު އެހީތެރިކަމާއި އެކު ޗާޓަރު އެކުލަވާލައި އެ ވިއްކައިގެން ކެޓަލޮގް ފީއެއްގެ ގޮތުގައި މިހާރު 35 އިންސައްތަ ލިބޭކަމަށް އޭނާ ވިދާޅުވި އެވެ.

ޑޯނިއާ ޕައިލެޓުންނަށް ދޭން ޖެހެނީ ބޮޑު މުސާރައެއް، މާލީ ގޮތުން އެ ގާބިލުކަން ނެތް: މާރިޔާ

ދެ ގައުމުގެ މެދުގައި މިފަދަ އެއްބަސްވުމެއް އޮތް ނަމަވެސް އެހެން ގައުމަކާއި ގުޅިގެން މަސައްކަތް ކުރުމުގައި އެއްވެސް ހުރަހެއް ނެތްކަން ފާހަގަ ކުރައްވައި އާމިރު ވިދާޅުވީ ސާވޭގެ މަސައްކަތް ކުރިޔަށް ގެންދެވޭނީ ދިވެހި ސިފައިން ތިބެގެން ކަމަށެވެ. އަދި އިންޑިއާއިން އެކަމަށް ރާއްޖެ އާދެވޭނީ އޮންނަ މަރުހަލާގެ ތެރެއިން ހޯދާ ހުއްދައެއްގެ ދަށުންކަން އާމިރު ފާހަގަ ކުރެއްވި އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުގެ ރައްކާތެރިކަމާއި، ކަނޑުގެ މުއްސަނދިކަން ލިބިގަތުމަށް މިފަދަ ސާވޭއެއް ކުރެވިފައި އޮތުމުގެ މުހިންމުކަމުގެ މައްޗަށް އާމުރު ވާހަކަ ދެއްކެވި އެވެ. އަދި ވިދާޅުވީ ކަނޑުމަތީގައި ހިނގާ ކުއްލި ހާދިސާ ތަކާއި، ރާއްޖެއަށް އެތެރެވާ ބޮޑެތި ބޯޓު ފަހަރުތަކަށް ކަނޑުގެ ސަރަހައްދަށް ވަދެ ނިކުތުމަށް ސާވޭއެއް ބޭނުންވާނެ ކަމަށެވެ. އާމިރު ވިދާޅުވީ މިވަގުތު ބޭނުން ކުރަމުން އަންނަނީ 19 ވަނަ ގަރުނުގެ ޗާޓަކަށް ވެފައި ކަނޑުގެ ސަރަހައްދަށް އައިސްފައިވާ ބޮޑެތި ބަދަލުތަކުގެ ސަބަބުން އެ ޗާޓަރު ބޭނުން ކުރުމުގައި ދަތިތައް އަންނަ ކަމަށެވެ.

މީގެ އިތުރުން ބޮޑެތި ބޯޓު ފަހަރުތައް ރާއްޖޭގެ ކަނޑު ހުރަސްކޮށް ދަތުރުކުރާއިރު، އެ އުޅަނދުތަކަށް ދަތުރު ކުރެވޭނެ މަގު ފަސޭހަ ކުރެވިފައި އޮތުން އެއީ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން ކުރަން ޖެހޭ މަސައްކަތެއްގެ ގޮތުގައި އޭނާ ވިދާޅުވި އެވެ. މިހާރު ބޭނުން ކުރަނީ 19 ވަނަ ގަރުނުގެ ތެރޭގައި އިނގިރޭސިން ތައްޔާރު ކުރި ޗާޓަރެއްކަމަށްވުމާއި އެކު ކަނޑުގެ ސަރަހައްދަށް އައިސްފައިވާ ބޮޑެތި ބަދަލުތަކުގެ ސަބަބުން އަންނަ ބައެއް ގޮންޖެހުންތައް އޭނާ ފާހަގަ ކުރެއްވި އެވެ.

ޗާޓަރުން އިންޑިއާއަށް ލިބޭ މަންފާތަކުގެ ވާހަކައަށް އެންމެ ބޮޑަށް ކަންބޮޑުވުންފާޅު ކުރެއްވީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު އެވެ. ދެ ބޭފުޅުން ވެސް ސުވާލު ކުރެއްވީ ޗާޓުތަކުގެ މިލްކުވެރިކަން އިންޑިއާއަށް ލިބެންވީ ސަބަބާއި މެދު އެވެ. އަދި ކުޑަ އަދަދެއްގެ ރޯޔަލްޓީއަކަށް އެއްބަސްވީއިރު ރާއްޖޭގެ ކަނޑުތަކުގެ ސިއްރު މައުލޫމާތު އެހެން ބަޔަކަށް ނުލިބޭނެކަން ކަށަވަރު ކުރޭތޯ ސުވާލު ކުރި އެވެ.

ޑޯނިއާ އާއި ހެލިކޮޕްޓަރު ބަލަހައްޓަން ރާއްޖޭގައި އިންޑިއާގެ 75 ސިފައިން!

ޖަވާބުގައި ކޯސްޓްގާޑްގެ ކޮމާންޑަންޓު މުހައްމަދު ސަލީމް ވިދާޅުވީ، ހައިޑްރޯގްރަފީ ސާވޭއެއްގެ އެންމެ ބޮޑު ބޭނުމަކީ ނެވިގޭޝަނަށް ބޭނުންވާ ޗާޓަރުތައް ކުރަހައި ތައްޔާރު ކުރުން ކަމަށެވެ. އެކަމަށް ބައިލައަގުވާމީ މިންގަނޑުތަކެއް އޮންނައިރު، މީގެ ކުރިން ވެސް އިންގިރޭސިވިލާތް ފަދަ ގައުމުތަކާއި ގުޅިގެން ކުރިޔަށް ގެެންދެވުނު ކަމަށް އޭނާ ވިދާޅުވި އެވެ. މި ޗާޓަރުތަކުގެ މައުލޫމާތު ދިނަސް، އޭގެއިން އެއްވެސް އާމްދަނީ އެއް ނުލިބޭކަން ސަލީމްގެ ވާހަކައިން އެނގެ އެވެ. ދިފާއެއްގެ ގޮތުގައި ސަލީމް ވިދާޅުވީ ސާވޭ ހެދުމުގެ ސަރަހައްދު ކަނޑައެޅުމުގެ ބާރު އޮންނަނީ ރާއްޖެއަށް ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖެއިން ހާއްސަ އިސްކަމެއް ދޭ ވަކި ސަރަހައްދުތަކަށް ޗާޓަރުތައް ކުރަހާ ކަމަށެވެ. އަދި ރާއްޖެއިން އެ މަސައްކަތް ލިމިޓު ވެސް ކުރާކަމަށް ވިދާޅުވި އެވެ.

ސުވާލަށް ހުޅުވާލި ފުރުސަތުގައި އުޝާމް ވިދާޅުވީ، ޑޯނިއާ ބެލެހެއްޓުމާއި އެ ދުއްވުމުގެ ގާބިލުކަން ހުރުމުން އެކަން ބަޔާންކޮށް 2016، މޭއި 17 ގައި ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އޭރު ޑިފެންސް މިނިސްޓަރަކަށް ހުންނެވި އާދަމް ޝަރީފް ފޮނުވި އެ ސިޓީގައި ޑޯނިއާ ހޯދުމުގެ އިތުރުން އެއްވެސް ވާހަކައެއް ނެތްކަން އުޝާމް ފާހަގަ ކުރެއްވި އެވެ. އެހެންކަމަށް ވާނަމަ އެލްއޯއީގައި ސޮއި ކުރިއިރު ރާއްޖޭގައި ޑޯނިއާ ދުއްވުމާއި ބެލެހެއްޓުމުގެ ގާބިލުކަން ހުރި ބަޔަކު ތިއްބައި އިންޑިއާގެ އެހީ ނަގަން ޖެހުނު ސަބަބަކީ ކޮބައިތޯ އުޝާމް ސުވާލު ކުރެއްވި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން ވެސް ވަނީ، ސްޓެރެޓެޖިކް މައުލޫމާތުތައް ވިއްކައިގެން ދައުލަތަށް އާމްދަނީ ހޯދުމުގެ ވިސްނުން ގެންގުޅެން ފެށީތޯ ސުވާލު ކުރައްވާފަ އެވެ. އެންމެ ބޮޑު ކަންބޮޑުވުމަކަށް ވީ ވަކި މާލީ މަންފާއެއްގެ ވާހަކަ ޕްރެޒެންޓޭޝަންގައި އޮތުމުންކަމަށް ވިދާޅުވެ، ތަފްސީލުކޮށް ދިނުމަށް އޭނާ އެދިވަޑައިގެންނެވި އެވެ. އެހެން ނަމަވެސް އެމްއެންޑީއެފް އާއި ކޯސްޓްގާޑުގެ އެއްވެސް އޮފިސަރެއް އެކަމަށް ވަކި ޖަވާބެއް ނުދެއްވަ އެވެ.

ޝަމާލް ތަކުރާރުކޮށް ވިދާޅުވީ މިއީ ނެވިގޭޝަނަލް ކަންކަމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދޭން ހަދާ ސާވޭއެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: